ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ނަވަލްއަށް ހޭލެވުނީ ބާލީސް ކައިރީ އޮތް ފޯނު ރިންގުވާ އަޑަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލުމާއެކު ފުރަތަމަ ވެސް ބަލައިލެވުނީ ކައިރީ ނިދާފައި އޮތް ތުއްތު ދަރިފުޅަށެވެ. ނޫރުއަށް ހޭލެވުމުގެ ކުރިން ނަވަލް އަވަސް އަވަހަށް ފޯނުގެ ރިންގު އޮފް ކޮށްލީ ގުޅަނީ ކާކުތޯ ބެލުމެއް ނެތިއެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް އޭނާ ބަލާލީ ދެނެވެ. އޭރު ގަޑިން 12:45 ހިނގައި އެކެއް ޖަހަން ކައިރިވެއްޖެއެވެ. ބުމަ ކައިރިކޮށްލެވުމާއެކު އެފަދަ ގަޑިއެއްގައި ގުޅާނެ ފަރާތަކާ މެދު ނަވަލްއަށް ވިސްނާލެވުނެވެ. ބާލީސް ދަށަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގައި ނަވަލް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ ނަންބަރު ސޭވްކުރެވިފައި ނެތް ނަމަވެސް އެއީ ކާކުކަން އެނގިއްޖެއެވެ. މޫނަށް ވެރިވި ނުތަވަސްކަމާއެކު އެ ނަޒަރު އަމާޒުވެލީ ނޫރުގެ ތުއްތު މޫނަށެވެ.

Ads by Hajj Corporation

***************

ރިންގުވަމުން ދިޔަ ފޯނު ކެނޑުމާއެކު ދެވަނަ ފަހަރަށް ވެސް ކައިސަން ގުޅަން ފެށިއެވެ. ދެ ހިޔާލެއްގައި ހުރެ ފޯނު ހިފައިގެން ނަވަލް ޖެހިލީ ކުޑަދޮރު ކައިރިއަށެވެ. ފޯނުން އިވެމުން ދިޔަ އަޑުތަކަށް ނަވަލްގެ ސަމާލުކަން ހުއްޓުނީ ދެނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އިވޭހާ ވެސް އަޑަކީ ކައިސަންގެ ނޭވާގެ އަޑެވެ. ހިނދުކޮޅަކަށް ނަވަލްގެ ހިތުގެ ހިނގުން އަވަސްވިހެން ހީވިއެވެ. އެހެނަސް އެ އިޙްސާސްތަކުން ނަވަލް އޭނާގެ ނަފްސު މިންޖުކޮށްލީ ނުހަނު އަވަހަށެވެ.

" ނަވަލް؟". ކައިސަންގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލްއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނުހަނު އަވަހަށް ދެތިން ފަހަރު އެސްފިޔަ ޖަހާލީ ލޮލުގައި ބޮނޑިވެގަތް ކަރުނަތަށް ހިފެހެއްޓުމުގެ ބޭނުމުގައެވެ.

" ކޮން ބޭނުމަކު ތި ގުޅީ؟". ނަވަލް އަހާލިއެވެ. އެއާއެކު ކައިސަންގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ. ނަވަލްއަށް ބުމަ ކައިރިކޮށްލެވުނެވެ. އެހެން ހުރި އިރު ވެސް އެ ނަޒަރު އިރުއިރުކޮޅާ ނޫރުއާއި އަމާޒުވެލައެވެ.

" ނަވަލްއަށް މާ ރަނގަޅަށް ވެސް އެނގޭނެ އަހަރެން މި ގުޅީ ކީއްވެކަން. އެހެންނު؟ ނޭނގުނިއްޔާ އަހަރެން މިހުރީ ބުނެދޭން ވެސް ތައްޔާރަށް." ކައިސަންގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ނަވަލްއަށް އޭނާގެ ނަމުން ބާރަށް ގޮވާލެވުނެވެ. އެ ރާގުން އެކަނި ވެސް ނަވަލް ހިތްހަމަނުޖެހުނު ވަރު ކައިސަންއަށް އަންދާޒާކޮށްލެވުނެވެ. ހިސާބެއްގެ ނުތަވަސްކަމެއް އެ މޫނަށް ވެރިވީ އެހެންވެއެވެ.

" ކައިސަން އަހަންނާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނެތް. ހީނުކުރާތި ކައިސަންގެ ފޯނު ކޯލަށް އަހަރެން ޖަވާބު މި ދިނީ ކައިސަންއަށް ވާހަކަ ދައްކަން ފުރުސަތު ދޭން ކަމަށް. އިތުރަށް އަހަރެން ކައިސަން ދެކެ ޖެހިލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ލިބޭނެ ދެރައެއް ނެތް. އެހެންވީމަ ކައިސަން ތި ކުރަން އުޅޭ ކަންތައް ހަނދާނުން ފޮހެލާ. މި ދަރިފުޅަކީ ކައިސަންގެ ދަރިއެއްކަން ސާބިތު ކުރެވޭނެތަ؟ އެ ހިތްވަރެއް ނެތެންނު. ތިއީ އެއަށްވުރެ ފިނޑި ފިރިހެނެއް. ދަރިފުޅު ބޭނުން ނަމަ ފުރަތަމަ އެ ދަރިފުޅުގެ މަންމައާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާ މެދު ވިސްނާލާ. އޭރުން ކައިސަންއަށް ވެސް އެނގޭނެ ކައިސަންގެ ދަރިއެއް ނެތްކަން". ރުޅިއާއި ހިތާމައިން ފޯވަމުންދިޔަ ނަމަވެސް ނަވަލް ދެއްކީ އޭނާގެ ސާބިތުކަމެވެ. ނަވަލްގެ މައްޗަށް ކައިސަންގެ އޮތް ބާރު ނެތްކަން އޭނާ ބުނެދިން ކަހަލައެވެ.

ނަވަލްގެ ވާހަކަ އަޑުއަހަން ހުރި ކައިސަންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެ އަންހެންކުއްޖާގެ ވާހަކަތަކުގެ ތެދުކަން ގަބޫލު ކުރެވުނަސް އެގޮތާއި ނުރުހެވުނީ އެ ހިތަށެވެ. ނަވަލްއަށްޓަކާ އެ ހިތުގައި އުފެދިފައިވާ ލޯބި ކައިސަންއަށް އުނދަގޫކުރުވިއެވެ.

" ޕްލީޒް. އާދޭސް ކޮށްފަ ބުނަން. އައި ޖަސްޓް ނީޑް ވަން ޗާންސް ޓު ޕްރޫވް މައި ސެލްފް ޓު ޔޫ. އައި ޕްރޮމިސް. އައި ވިލް ނެވާ ހާރޓް ޔޫ. އެންމެ ފަހަރަކު އަހަންނަށް ދަރިފުޅު ދައްކާލަދީ. އެޓް ލީސްޓް ކޮން ކަހަލަ ކުއްޖެއްކަން ބުނެދީ. ނަވަލް ގަބޫލު ކުރަން ބޭނުން ނުވިޔަސް ތިއީ އަހަރެންގެ ވެސް ދަރިއެއް. ކުރިން ކަންތައް ކުރެވުނީ ގޯސްކޮށް ކަން އެނގޭ. އެކަން ރަނގަޅު ކުރަން ވެސް ބޭނުން. ނަވަލް ވިސްނާލަބަ؟ ކިހިނެތް ބައްޕައެއްގެ ލޯބި ނުލިބި ދަރިފުޅު ބޮޑުކުރާނީ. އެންޑް ވަޓް އެބައުޓް ޔޫ؟ ޔޫ ނީޑް އަ ހަޒްބެންޑް. ޔޫ ނީޑް މީ. އައި ބެގް ޔޫ ނަވަލް". ކައިސަންގެ އަޑު ކުރެހިގެން ދިޔައެވެ. ހަގީގަތުގައި ވެސް އެ ހިތަށް ފުން އަސަރެއް ކުރުވައިފިކަން ޔަގީނެވެ. މި ހުރިހާ ދުވަހު ކައިސަން ދައްކަމުން އައި ބޮޑާކަމާއި ކިބުރުވެރިކަން ފިލައިދިޔަ ކަހަލައެވެ. ނަވަލްގެ ފައިބުޑަށް ތިރިވި އާދެސް ކުރަން ޖެހުނަސް ކައިސަންގެ ފަރުވާލެއް ނެތެވެ.

" އަހަރެން މި އުޅެނީ ކައިވެނި ކުރަން". އެ ދެމެދަށް ވެރިވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ވާހަކަދެއްކީ ނަވަލްއެވެ. ކައިސަން ބަހެއް ނުބުނެ ހުއްޓެވެ. ނަވަލް ބުނި އެއްޗެއް ގަބޫލު ނުކުރެވޭ ފަދައަކުންނެވެ.

" ނޫން. އައި ލަވް ޔޫ." ކައިސަން ބުނެލީ ނުހަނު މަޑުންނެވެ. ހިނދުކޮޅަކަށް ނަވަލްގެ މޫނުން ހައިރާންކަމުގެ ކުލަވަރެއް ފެނިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފޯނު ކަނޑާލައިފިއެވެ. އެހެނަސް ހުރެވުނީ ހުރި ފިޔަވަޅު މަތީގައެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައެވެ.

އެހެން ހުރެފައި ނަވަލް ދެލޯ ފޮހެލިއެވެ. ހިފަހައްޓައިގެން ހުރި ފޯނު އިތުރަށް މުށު ތެރޭ ބާރު ކޮށްލެވުމާއެކު ދޫކޮށްލީ ފުން ނޭވާއެވެ. ހިތާއި ނަފްސު ހަމައަކަށް އަޅުވާލީއެވެ. ދެން ލަސް ފިޔަވަޅު ތަކެއްގައި ގޮސް ނޫރު ކައިރީ އިށީނެވެ. އަތުގެ ނުފުށުން އެ ކުޑަ މޫނުކޮޅުގައި ފިރުމާލިއިރު އެ ތުންފަތުގައި ކުޅެލީ ހިތްގައިމު ހިނިތުންވުމެކެވެ. ހުރިހާ ނުތަނަވަސްކަމެއް ފޮހެވުނު ފަދައަކުންނެވެ.

" ނޯ ވަން ކެން ޓޭކް ޔޫ އަވޭ ފްރޮމް މީ ނޫރު. އައި ވިލް ޕްރޮޓެކްޓު ޔޫ ހަނީ. އަންޓިލް މައި ލާސްޓް ބްރެތް". އެ ލަފްޒުތައްވީ ނަވަލްގެ ހިތުގައެވެ. އެހެނަސް ނޫރުއާއި އަމާޒުވެފައިވި އެ ބެލުމުގައި ވަނީ ހިފެހެއްޓުމެއްނެތް ލޯތްބެވެެ.

*********************

އޭޑީކޭ ހޮސްޕިޓަލަށް ސައިރަން އަޅަމުން އައި އެމްބިޔުލާންސް މަޑުކޮށްލުމާއެކު އޭގެން ފޭބީ އަސްރާއެވެ. އެތެރޭގައި ތިބި ނަރުހުންގެ އެހީތެރިކަމާއެކު ސަލްމާން ބޭލުވިއިރު އެ ހަށިގަނޑުގައި ހަރަކާތެއް ނެތެވެ. ރޮވިފައި ހުރެ އެތެރެއަށް އަސްރާ ވަދެގެން ދިޔައިރު އެ މޫނުގައި ދިރުމެއްނެތެވެ. އެމަޖެންސީ ރޫމަށް ސަލްމާން ވެއްދުމާއެކު އަސްރާއަށް ހަމަހޭވެރިކަން ލިބުނު ފަދައެވެ. ތެޅިގަނެވުމާއެކު ފޯނުން އޭނާ ހޯދަން ފެށީ ޔެލިޒްގެ ނަންބަރެވެ. އެ ހުރިހާ ކަމެއްވީ އިރު ވެސް ދަރިފުޅަށް ގުޅަން ހަނދާން ނުވީތީ އަސްރާއަށް އިތުރަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. ހުކުރު ދުވަހަށް ވުމާއެކު ހެނދުނުގެ އެ ގަޑީގައި ޔެލިޒް ހޭލާ އުޅޭނެކަމާ މެދު ވެސް އޭނާއަށް ޝައްކެވެ. އެހެނަސް ދެތިން ރިންގާއެކު ޔެލިޒް ފޯނު ނަގައިފިއެވެ. ހެލޯ އޭ ބުނެލި ގޮތުން ވެސް އަދި ތެދުނުވަނީކަން އަސްރާއަށް އެނގުނެވެ.

" ލިޒް.. ބައްޕަ.. " އަސްރާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ކައިރީގައި އިތުރު އެހީތެރިއެއް ނެތުމާއެކު މަދަދުވެރިވާނޭ ފަރާތެއް ނެތެވެ.

" ބައްޕަ ކިހިނެތްވީ؟ މަންމަ ކޮންތާކު؟". ޔެލިޒްގެ ހުރިހާ ސަމާލުކަމެއް އަސްރާއަށް ދެވުނެވެ. ކޮޅަށް ތެދުވެވުނު އިރު އެ މޫނަށް ހާސްކަން ވެރިވެއްޖެއެވެ.

" މަންމަ ހޮސްޕިޓަލުގަ.. ދަރިފުޅު އަވަސް..". އެމަޖެންސީ ރޫމުން ނުކުތް ޑޮކްޓަރާއި ނަރުސް ކުއްޖާ ފެނުމާއެކު އަސްރާ އަވަހަށް ފޯނު ބޭއްވިއެވެ. އެހެނަސް އެމީޙުންނަށް އަސްރާއަށް ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން ދިޔައިރު އަސްރާއަށް އެއްޗެއް އޮޅުންފިލުވާނޭ ފުރުސަތެއް ނުލިބުނެވެ.

އެހެންޏާ ވެސް ފަތިސް ނަމާދުން ފައިބާ ގޮތަށް މިއަދު ވެސް އަސްރާ އުޅުނީ ޓެރަހުގައެވެ. އިންދާފައިވާ މާ ގަސްތަކަށް ފެންދީ ހެދުމަށްފަހު ކޮޓަރިއަށް ވަތްއިރު ވެސް ސަލްމާންއަށް އޮތީ ނިދިފައެވެ. އަސްރާ ސަލްމާންއާ ކައިރިއަށް ޖެހިލީ ގައިމަތީ އޮތް ރަޖާ ރަނގަޅުކޮށްދިނުމުގެ ނިޔަތުގައެވެ. އެހެނަސް ސަލްމާންގެ މޫނުން އޭނާއަށް ތަފާތުކަމެއް ފާހަގަކުރެވުނީއެވެ. އަނގަމަތިން އެއްފަޅިއަކަށް އޮރިވެފައި ހުރިހެން ހީވި ހީވުން ޔަގީން ކުރެވުމާއެކު އަސްރާއަށް ސަލްމާންގެ މޫނުގައި ހިފަހައްޓާ ލެވުނެވެ. ދެތިން ފަހަރަކު ގޮވާލި ނަމަވެސް ސަލްމާންގެ ހަރަކާތެއް ނެތެވެ.

" މަންމާ..".. ޔެލިޒްގެ އަޑު އައި ދިމާލަށް އަސްރާ ބަލާލިއެވެ. ދަރިފުޅުގެ މޫނުން ފެންނަން ހުރި ކަންބޮޑުވުމާއެކު އަސްރާއަށް އެ ދިމާލަށް ހިނގައިގަނެވުނެވެ. ޔެލިޒްގެ ހިމާޔަށް ލިބުމާއެކު އަސްރާއަށް އޭނާގެ ކަރުނަތަށް ހިފަހައްޓައި ނުލެވުނެވެ. ހިތްވަރު ކުރި ނަމަވެސް ޔެލިޒްއަށް ވެސް ރޮވުނެވެ. ސަލްމާންގެ ހާލު ނޭނގޭ އިރު އަސްރާގެ މޫނުގައިވި އަސަރުން ޔެލިޒްއަށް ވިސްނުނީ އެންމެ ނުބައިކޮށްނެވެ. މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލިއިރު އަސްރާގެ ކަރުނަތަށް ޔެލިޒް ފޮހެދިނެވެ..

ގިނަ އިރުތަކެއް ސަލްމާންގެ އާއިލާ މެމްބަރުން ވެސް އައިއްސިއެވެ. އަސްރާގެ ފަރާތުން އެނގުނު އެއްޗެއް ފިޔަވާ އިތުރު އެއްޗެއް އެކަކަށް ވެސް ނޭނގުނެވެ. ޔެލިޒްއަށް ވެސް އިންތިޒާރު ކުރެވެމުން ދިޔައީ ޑޮކްޓަރުންގެ ބަހެއް ލިބޭނެ އިރަކަށެވެ.

" ކޮން އިރަކު ދަރިފުޅު ބުރުގާ އެޅީ؟ މަންމަ ކައިރީ ނުވެސް ބުނަމެންނު". އަސްރާ އަހާލިއެވެ. ޔެލިޒްގެ ހެދުން އެޅުމަށް އައިސްފައި ހުރި ބަދަލު އޭނާއަށް ނުހަނު ކަމުދިޔައެވެ.

" މަންމައަށް ސަޕްރައިޒެއް ދޭން ވެގެން އުޅުނީ. ދެން އެކަމަކު މިހާރު މަންމައަށް ފެނިއްޖެދޯ". މަސްނޫއީ ހިނިތުންވުމަކާއެކު ޔެލިޒް ބުނެލިއެވެ.

" ކޮބާ އަރްހަމް؟ ޔެލިޒްއާއެކު އަރްހަމް ނެތްކަން އަސްރާއަށް ފާހަގަކުރެވުނީ އަދިކިރިޔާއެވެ.

" ނިދިފަ އޮތީމަ ނުގޮވަން. އަރްހަމްއަށް ހޭލެވުނީމަ ގުޅާނެ". ޔެލިޒް ބުނެލުމުން އިތުރަށް އަސްރާ ސުވާލެއް ނުކުރީ ވަގުތާއި ހާލަތުގެ ގޮތުންނެވެ. އެހެނަސް ޔެލިޒްގެ މޫނަށް އަރާ ފޭބި ކުލަވަރުން ކަމެއް ގޯސްވެއްޖެހެން އަސްރާއަށް ހީވިއެވެ.

ސަލްމާންގެ ޓެސްޓުތަކާއި ސްކޭން ތަކުގެ ނަތީޖާ ލިބުނެވެ. ޑޮކްޓަރުން ލަފާކުރި ގޮތަށް އޭނާއަށް ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅެމުން ދަނީއެވެ. އޭގެ އިތުރުން ވެސް ސަލްމާންގެ ބަލީގެ ހާލަތު ބޮޑުވެފައިވާކަން ޑޮކްޓަރުން ބުނެދިނެވެ. ފާއިތުވި ދުވަސްތަކުގައި މާ ބޮޑަށް ވިސްނާ ފިކުރުކުރުން އެއީ ސްޓްރޯކް ޖެހެން މެދުވެރިވެދާނެ ސަބަބެއް ކަމުގައި ވެސް ޑޮކްޓްރުން ފާހަގަކުރިއެވެ.

އަސްރާއަށް ޔެލިޒް ބުނެދިނީ ޑޮކްޓަރުން ބުނެދިން ވާހަކަތަކުގެ އެއް ބައެވެ. ހަގީގަތްވީ ސިއްރު ކުރެވިފައެވެ. ކުރެވެން އުޅޭ ބޮޑު އޮޕަރޭޝަން ވެފައިވީ ސިއްރަކަށެވެ. އަސްރާއަށް އެވަގުތު ހުރިހާ އެއްޗެއް ކިޔައިދިނުން އެއީ މުހިންމު ކަމެއް ކަމުގައި ޔެލިޒް ނުދެކެނުވެ. ސަލްމާންގެ އާއިލާ ކައިރީ އަސްރާ ބެލުމަށް ބުނެ ޔެލިޒް އުޅެގަތީ ފުރަން ޖެހޭ ފޯމުތައް ނިންމުމުގައެވެ. އިރުއިރުކޮޅާ އެތެރެއަށް ނޭފަތް ދަމާލި ނަމަވެސް ނުރޯން ޔެލިޒް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބެވެ. ފަހު ވަގުތާ ހަމައަށް ވެސް އުންމީދު ކަނޑާލަން ބޭނުން ނުވާފަދައެވެ.

އަތުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު އަސްރާ ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އަރްހަމްގެ ނަން ފެނުމާއެކު އެއް ފަރާތަށް ޖެހިލީ ފޯނު ކަންފަތާ ކައިކުރަމުންނެވެ.

" ހަލޯ މަންމަ؟ ލިޒް އެބަހުރިތަ؟". އަރްހަމް އަހާލިއެވެ. ހިސާބަކަށް ހައިރާންވި ނަމަވެސް އަސްރާ ވެގެން އުޅޭ ގޮތް ބުނެދިނެވެ. މިވަގުތު ޔެލިޒް ކައިރީ އަރްހަމް ހުރުން މުހިންމު ކަމުގައި ބުނެ ހޮސްޕިޓަލަށް އައުމަށް އެދުނެވެ.

ފުރަން ޖެހޭ  ލިޔެކިޔުންތަށް ނިމުމާއެކު އެނބުރި ޔެލިޒް އައެވެ. ބޭރުފުށުން ހަމަޖެހިފައި ހުރިހެން ހީވިޔަސް އެ ހިތުގެ ހާލަތު ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ. ހުއްޓުމެއްނެތި ދުޢާ ކުރެވެމުން ދިޔައީ ވެސް އެ އިލާހުގެ ހަޟްރަތުންނެވެ. އިންސާނުންނަށް އޮތީ ދުޢާ ކުރުންކަން ޔެލިޒްއަށް އެނގެއެވެ.

ގިނަ އިރުތަކެއްނުވެ އަރްހަމް އައިއްސިއެވެ. ގޮނޑީގައި އިށީނދެ އިން ޔެލިޒް މާ ދުރުން ވެސް އޭނާއަށް ފެނިއްޖެއެވެ. ހިތުގައި ޝަކުވާ އުފެދުނީ އެވަރުގެ ހާދިސާއެއް ހިނގި އިރު ވެސް ޔެލިޒް ނުބުނީތީއެވެ. ހާއްސަކޮށް އަރްހަމް ކައިރީ ނުބުނެ ދިޔުމުން ހިސާބަކަށް ދެރަވިއެވެ. އެހާ ވެސް ޔެލިޒް އޭނާ ދުރުކޮށްލީތޯ ސުވާލު އުފެދުނެވެ.

" ލިޒް.." ކުރިމަތިން އަރްހަމްގެ އަޑު އިވުމާއެކު އިސްއުފުލައި ޔެލިޒް ބަލާލިއެވެ. ޔެލިޒް ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމުން ދޫވީ ދެނެވެ. މޫނުގައި އަތް އަޅާލި ގޮތަށް އޭނާއަށް އިސްޖަހާލެވުނެވެ. ކައިރީ އިން އަސްރާ ތެދުވެ އެއް ކައިރިއަށް ޖެހިލުމާއެކު އަރްހަމް ޔެލިޒްއާ  ޖެހިގެން އިށީނެވެ. އެ ހަށިގަނޑު ގެނެސް މޭގައި ފޮރުވާލިއިރު ނުރޯށޭ ބުނެލީ ސިއްރުންނެވެ.

" ޝްޝް.. އަދި ރޯކަށް ނުވެޔޭ ލިޒް. ޔޫ އާ ސްޓްރޯންގާ ދެން ދެޓް މައި ލަވް.. ބީ ޕޭޝަންޓް.. ދެރަގޮތެއް ނުވާނެ. އިންޝާﷲ." އަރްހަމް ބުނެލިއެވެ. އެއްޗެކޭ ނުބުނެ ޔެލިޒް އެގޮތުގައި އިނީއެވެ. އެއްބަސް ވާން ބޭނުން ނުވިޔަސް އަރްހަމްގެ ފަރާތުން ލިބޭ އޯގާތެރިކަމަށް ޔެލިޒްއަށް އެދެވެއެވެ.

ތިން ގަޑިއިރަށް ދެމިގެން ދިޔަ އޮޕްރޭޝަނަށް ފަހު ޑޮކްޓަރުން ނުކުތެވެ. ސަލްމާންގެ އޮޕްރޭޝަން ކާމިޔާބެވެ. އެހެނަސް އޭނާ ވަނީ ކޯމާއަކަށް ގޮސްފައެވެ. ސަލްމާންގެ ހާލަތާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ހޭއެރުމުން ކަމަށް ބުންޏެވެ. ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރުވެ ތިބުމަށް ޑޮކްޓަރު ބުނުމުން ޔެލިޒްގެ މެޔަށް ފިނިވެލިއެވެ.

ޕްރައިވެޓް ރޫމަކަށް ސަލްމާން ބަދަލުކުރެވުމާއެކު އަސްރާއާއި އެކު ޔެލިޒް އެތެރެއަށް ވަނެވެ. ދެމައިންނަށް ވަގުތު ކޮޅެއް ދެމުން އަރްހަމް މަޑުކޮށްލީ ބޭރުގައެވެ. އެނދުގައި ހިމޭންވެފައި އޮތް ސަލްމާން ފެނުމާއެކު ޔެލިޒްއަށް ރޮވިއްޖެއެވެ. އެހެނަސް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ޔެލިޒް ކެތްކުރިއެވެ. މިވަގުތު އޭނާ ބަލިކަށިވެއްޖެނަމަ އަސްރާއަށް އަޅާލާނޭ މީހަކު ނުހުންނާނެކަން އެނގޭތީއެވެ.

ޔެލިޒް މަޑުކޮށްލީ އެނދުގެ ފައިލާ ކޮޅުގައެވެ. ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ދޭތެރެއަކުން އަސްރާއަށް ވެސް ބަލާލައެވެ. ތަނަށް ވެރިވެފައި އޮތް ހިމޭންކަން އުނދަގުލަކަށް ނުވާ ކަހަލައެވެ.

އެވަގުތު ނަރުސްކުއްޖަކު ކޮޓަރިއަށް ވަނެވެ. އަތުގައި އޮތް ފައިލުގައި އެއްޗެހިތަކެއް ނޯޓު ކުރުމަށްފަހު އެ ކުއްޖާ އަނބުރާ ދިޔައީއެވެ.

" ލިޒް އެއްޗެއް ނުކައި ދޯ ތި އުޅެނީ އަދި؟ ދޭބަލަ އަރްހަމްއާ އެކު. މަންމަ މަޑުކޮށްލާނަން ދަރިފުޅު އަންނަންދެން." އަސްރާ ބުނެލިއެވެ. ޔެލިޒް ވަކި އެއްޗެކޭ ނުބުނެ ބޯ ޖަހާލީއެވެ. ރޭ ވެސް ނުކައި ހުރުމުން އެ ހަށިގަނޑަށް ލޮޑުކަމެއް ވެރިވެފައި ވިއެވެ. އަސްރާ އެދުނު ގޮތަށް އެހާ ފަސޭހައިން ޔެލިޒްއަށް އެއްބަސް ވެވުނު ސަބަބަކީ އެއެވެ.

ކޮޓަރިން ނުކުތް ޔެލިޒް ފެނުމާއެކު ފާރުގައި ލެނގިލައިގެން ހުރި އަރްހަމް ހަށިގަނޑު ސީދާކޮށްލިއެވެ. އެހާމެ އަވަހަށް ޔެލިޒް ކައިރއަށް ޖެހިލިއެވެ.

" ހައު އިޒް ހީ؟" އަރްހަމް އަހާލިއެވެ. މި ފަހަރުވެސް ޔެލިޒް އިހްތިޔާރު ކުރީ ހިމޭންކަމެވެ. ސަލްމާންގެ ހާލަތު ރަނގަޅު ނޫންކަން ބުނަން އޭނާއަށް އެނގެއެވެ. ނެތީ ދުލުން އެ ލަފްޒު ބޭރުކޮށްލާނޭ ހިތްވަރެވެ.

" ހިނގާ އެއްޗެއް ކާން". ޔެލިޒްގެ މޫނުގައިވި އަސަރުތައް ދެނެގަންނަން އަރްހަމްއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ކަނާއަތް ދިއްކޮށްލުމާއެކު ހިފަން ނުހިފަން ހުރި ކަހަލަ ގޮތަކަށް ހުރެ ޔެލިޒް އެ އަތުގައި ހިފިއެވެ. ދެ ޒުވާނުން އެކުގައި ގޮސް ވަނީ ހޮސްޕިޓަލުގެ ކެންޓީނަށެވެ.

" މިއަދު މަންމަމެން ގެއަށް ގޮސްލަންވީނު ކާން. ލިޒް ގެއަށް ދާކަށް ނުވިސްނަން ދެން މިއަދު". ޔެލިޒް ބުނެލީ ގޮނޑީގައި ހަމަޖެހުމަށްފަހުއެވެ. އަރްހަމް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. މޭޒުމަތީ ބޭއްވިފައި އޮތް ޔެލިޒްގެ އަތުގައި އޭނާ މަޑުމަޑުން ހިފާލިއެވެ.

" މައި ސިލީ ވައިފް. އެނގެޔޭ ލިޒްގެ ސިޓުއޭޝަން. އައި އަންޑަސްޓޭންޑް. މަންމައަށް ގުޅައިފިން. ބުނި މެންދުރު ކެއުން މަންމައޭ ތައްޔާރުކުރާނީ. ދޮންތަ އަންނާނެ މެންދުރު ފަހު. އޭރުން ލިޒް ދޭ މަންމަ ގޮވައިގެން ގެއަށް. ކުޑަކޮށް ފްރެޝް ވެލައިގެން އެނބުރި އަންނާނީ". އަރްހަމް ބުނެލިއެވެ.

" ޙުއްބާ ދޮންތައަށް އުނދަގޫ ނުވާނެތަ؟ ކާކު އޭރުން ފާޠިމާ ބަލާނީ." ޔެލިޒް އަހާލިއެވެ. މިވަގުތު އަރްހަމްގެ އެހީތެރިކަން އޭނާ ނުހަނު ބޭނުމެވެ. ފާޅުގައި އެކަމަށް އެއްބަސް ވާން ނުކުރެނީއެވެ.

" ޑޯންޓް ވޮރީ އެބައުޓް އިޓް". އަރްހަމް ބުނެލުމުން ޔެލިޒް ބޯ ޖަހާލިއެވެ.

އެ ހުރިހާ އިރު ކެންޓީނުގެ އެއް ކަނެއްގައި ހުރި މޭޒުގައި އިން ޒުވާނާގެ ނަޒަރު އަމާޒުވެފައި ހުރީ ދުރުގައި ތިބި ޔެލިޒްއާއި އަރްހަމްއަށެވެ. އެ ޒުވާނާގެ މުށި ކުލައިގެ ކަޅިވީ އަޅައިގެން ހުރި އަވި އައިނުން ފޮރުވިފައެވެ. އެގޮތުގައި އޭނާ ފަސް ވަރަކަށް މިނިޓް އިނެވެ. އެއަށްފަހު ތެދުވިއެވެ. ލަސް ފިޔަވަޅު ތަކެއްގައި އެ ޒުވާނާ ވިސްރާބު ޖެހީ ޔެލިޒް މެން ތިބި މޭޒާ ދިމާލަށެވެ.

= ނުނިމޭ =

  1. ސަމްވަން

    މާސާގެ ވާހަކަތައް އަލުން ފެށުމަކީ ލިބުނު އުފާވެރިކަމެއް. އުންމީދުކުރަނީ ތި ގޮތުގައި މެދުކެނޑުމެއް ނެތި ވާހަކަތައް ކުރިއަށް ގެންދާނެކަމަށް. އެދެނީ ފުރިހަމަ ކާމިޔާބީއަށް️️ 🙂