ޚަބަރު ސަރުކާރު

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިނގިރޭސިވިލާތަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އައު ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް އެ ޤައުމުގެ ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަންއާ ވެސް ޝާހިދު ބައްދަލުކުރައްވާނެެއެވެ. އޭގެއިތުރުން މިނިސްޓަރ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅަށްފަހު ޝާހިދު އެނބުރި ޤައުމަށް ވަޑައިގަންނަވާާނީ ނޮވެންބަރު 04 ވަނަ ދުވަހުއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!