Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑާންސް ޓްރައިބަލް ފެސްޓިވަލްގައި ބައިވެރިވާން ބިދަބިން އިންޑިއާއަށް

ޑާންސް ޓްރައިބަލް ފެސްޓިވަލްގައި ބައިވެރިވާން ބިދަބިން އިންޑިއާއަށް

އިންޑިއާގައި ނޮވެންބަރު 01 އިން 03 އަށް ބާއްވާ “ނޭޝަނަލް ޑާންސް ޓްރައިބަލް ފެެސްޓިވަލް"ގައި ރާއްޖޭގެ ބޮޑުބޮޑު ގްރޫޕް ބިދަބިން އިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ޗަސްތިސްގަރްގައި އޮންނަ މި ޑާންސް ފެސްޓިވަލްގައި ބިދަބިންގެ 10 މެންބަރުން ބައިވެރިވާނެއެވެ.

މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޘަޤާފީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/HCIMaldives/status/1586565173476614146?s=20&t=hU4wiHVHzZ6opGr8CNX-Qg

މި ފެސްޓިވަލްގައި 1500 އަށްވުރެ ގިނަ ފަންނާނުން ބައިވެރިވާނެއެވެ. މި ފެސްޓިވަލުގައި ރަޝިއާ އިންޑޮނޭޝިއާ، ނިއުޒިލެންޑް ފަދަ ޤައުމުތަކުން ވެސް ވަނީ ބައިވެރިފައެވެ. ޖުމްލަ 28 ސްޓޭޓަކުންނާއި 8 ޔޫނިއަންއަކުން މި ފެސްޓިވަލްގައި ބައިވެރިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް