ޚަބަރު އިޖުތިމާޢީ

ތަމްރީނު ހަދަމުން ގެންދިޔަ ކަރެކްޝަންގެ އޮފިސަރަކު ނިޔާވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ތަމްރީނެއް ހަދަމުން ދަނިކޮށް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

''ދެން'' އަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް ޔުސްރީން ވިދާޅުވީ ތަމްރީނު ހަދަމުންދިޔަ އޮފިސަރަކު ނިޔާވީ މިއަދު މެންދުރުފަހު ކަމަށެވެ. ނިޔާވީ އަންހެން އޮފިސަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް މާފުށި ޖަލުގައި ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް (18އ) އެވެ.

ފުލުހުން ބުނީ މާފުށީގައި ތަމްރީން ހަދަމުންދިޔަ ކަރެކްޝަންގެ އޮފިސަރަކު ގެނބިގެން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 11:15 ހާއިރު ކަމަށާއި, އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަޝްވާ ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!