ދުނިޔެ

ޕާކިސްތާނަށް ދަރަނި ނުދެއްކާނެ ކަމުގެ ބިރު އުފެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް އެ ޤައުމުން ބޭރު ފަރާތްތަކުން ނަގާފައިވާ ދަރަނި ނުދެއްކޭނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ސޮވެރިން ދަރަނި ޑިފޯލްޓް ވެދާނެ ކަމަށް ރޭޓިންގައި 52.8 އިންސައްތައަށް ވަނީ އަރާފައެވެ. މިއީ ޕާކިސްތާނުގައި މިދިޔަ 13 އަހަރުގައި މިހާ ބޮޑަށް ރޭޓިން ވެއްޓުނު ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.

ރޭޓިން ދަށްވެފައިވަނީ ބޮންޑް ޕޭމަންޓް ތައް ފުއްދުމުގެ ގާބިލުކަމާ މެދު ބައިނަލްއަގުވާމީ އިންވެސްޓަރުންގެ މެދުގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ މެދު ކަންބޮޑުވުމުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ ޑިފޯލްޓްގެ ނުރައްކާ ދުވާލަކު 3.07 ޕަސެންޓް އިތުރުވެ، 13 އަހަރުގެ އެންމެ މަތީ މިންގަނޑަށް 52.8 ޕަސެންޓަށް އަރާފައިވާއިރު، ބޭރުގެ އިންވެސްޓަރުން އެ ގައުމަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ދަ އެކްސްޕްރެސް ޓްރިބިއުން އިން ބުނެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ސީޑީއެސް އޮތީ ގާތްގަނޑަކަށް ފަސް ޕަސެންޓާއި ހަ ޕަސެންޓާ ދެމެދުގައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ލޯނު ޕްރޮގްރާމް އަލުން އިއާދަކުރުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މި އަހަރުގެ މެދުތެރޭގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓަށް އަރާފައެވެ.

ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ރިޒާވް ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރަށް ދަށަށް ދިއުމާ ގުޅިގެން ބޭރުގެ އިންވެސްޓަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!