Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ރައްދު ވޯލްޑް ބޭންކަށް: އުސް އިމާރާތްތަކުގައި އުޅެން ޖެހެނީ ވަކި ބައެއްތަ؟

ރައީސް ޔާމީންގެ ރައްދު ވޯލްޑް ބޭންކަށް: އުސް އިމާރާތްތަކުގައި އުޅެން ޖެހެނީ ވަކި ބައެއްތަ؟
ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓާ ގުޅޭ ގޮތުން ހިމަނާފައިވާ ވާހަކަތަކަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. ތުރާކުނަށް ވަޑައިގެން އެރަށުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށްވާތީ އެއީ ދިވެހިންގެ ވައްޓަފާޅިއާ ނުގުޅޭ ފްލެޓުތަކެއް ކަމަށެވެ. އަދި އެ ފްލެޓުގައި މީހުން ދިރިއުޅެން ފަށާފައިވާ 6،338 ފްލެޓު ތަކުގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. https://dhen.mv/164347 ވޯލްޑް ބޭންކަށް ރައްދު ދެއްވަމުން، އުސް އިމާރާތްތަކެއްގައި އުޅެން ޖެހެނީ ވަކި ގައުމެއްގެ ވަކި ބައެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ދިވެހިން އުޅެން ބޭނުންވާ ވައްޓަފާޅި އެނގޭނީ ދިވެހިންނަށް އެކަނި ކަމަށާއި ބޭރުން އަންނަ ބަޔަކަށް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. ދިވެހި ދަރިން ވެސް އެޕާޓްމަންޓުތަކުގައި އުސް އިމާރާތްތަކުގައި އުޅެން ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ފާހަގަކުރި ކަންކަމަށް އިޝާރާތް ކުރައްވައި ޔާމީން އިތުރަށް ވިދާޅުވީ ހިޔާގައި ދިރިއުޅޭ މީހުންގެ އަތުން ބަރާބަރަށް ކުލި ނަގައިގެން ލޯނު އަދާ ކުރެވޭނެ ކަމަށެވެ. އަދި އެ މީހުން ކުލި ނުދޭން އުޅެނީ ކީއްވެތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. "ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ. ހިޔާ މަޝްރޫއަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ މަޝްރޫއެއް ކަމަށާއި ދެކޮޅު ނުޖެހޭ އެއްވެސް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް