ޚަބަރު ސަރުކާރު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ)ގެ މަގާމަށް ސުޖާތާ ހަލީމް އައްޔަނުކޮށްފިއެވެ.

Ads by MWSC

ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ވެސް ސުޖާތާ އަކީ 2015 އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު(ސީއޯއޯ)ގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އަދި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރުމަށް ކުރެވުނު މަސައްކަތުގައި އެންމެ ކުރީ ސަފުގައި މެދު ނުކެނޑި 16 އަހަރު ސުޖާތާ ޚިދުމަތް ކުރައްވައިފައިވާކަމަށެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެގާނޫނު ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

 

Ads by Ooredoo
  1. ޕެންޝަން އޮފީހަކީވެސް ހާދަ ބޮޑެތި މަޤާމް ތިބޭ ތަނެއް، އެތަނުން އެހާބޮޑެތި މަޤާމް އުފައްދައިގެން މީހުން ޕެންޝަނަށް އުނިކުރާ ފައިސާއިން ޕެންޝަން އޮފީސް މީހުނަށް ކޮންކަމެއްބާ ކުރަނީ، ހަމަ އެކަނީ ފައިސާ ކޮޅު ކޮންމެސް ބޭންކަކަށް ދީގެން އެއިން ލިބޭ ފައިދާޔަށް އިންތިޒާރުގައި ތިބެނީބާ، އިތުރު އިންވެސްޓާއި ވިޔަފާރީގައި ބައިވެރިވޭބާ !