ޚަބަރު ސިޔާސީ

ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ''ބިރުވެރި ސިއްކަ ދުވަސް'' ކަމަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިއަދަކީ "ބިރުވެރި ސިއްކަ ދުވަސް" ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ.

Ads by STELCO

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނަޞްރުގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ހިއްސާކުރެއްވީ އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޅެމެކެވެ.

އެ ޅެމުގައި ސިފަކުރައްވާފައިވާ ގޮތުގައި، މިއަދަކީ، މީގެ 34 އަހަރު ކުރިން ދިވެހި ޚާއިނުންގެ ބަޔަކު އަޑީގައި ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ ގެނެސް 19 ދިވެހިންގެ ލެއިން މި ބިން ފޯކޮށްލި ދުވަހެވެ.

ރައީސް ޔާމީން، މިއަދަކީ ބިރުވެރި ސިއްކަ ދުވަސް ކަމަށް ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަަމަލާގެ އަޑީގައި ހުރި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަށް ޢިޝާރަތް ކުރައްވައެވެ. ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުންގެ ބައްޕައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!