Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން ބަލައެއްނުގަނެވޭ: އިލްޔާސް

އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން ބަލައެއްނުގަނެވޭ: އިލްޔާސް
ދިވެހިރާއްޖޭގައި އެހެން ދީނެއްގެ ޝިޢާރުތައް ޢާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަމަކުން އައްޑޫ ސިޓީ ފޭދޫ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އިލްޔާސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް ޢާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
''ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއްގެ ޝިޢާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ ކަންކަމަށް އިންކާރުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން''
ހިތަދޫގައި ތާރު އަޅަން ފެށުމުގެ ގޮތުން އެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނީގެ ބަޔަކު ހިންދީ ދީނުގެ ޝިއާރެއް ފާޅުކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ. މި މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، ފުލުހުން ރޭ ބުނީ ހިތަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން މި މަހުގެ ފުރަތަމަ ދުވަހު، އެ އަވަށު ކެނެރީ މަގުގައި ތާރު އަޅަން ފެށުމުގެ ގޮތުން ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެހެން ދީނެއްގެ އަޅުކަންކޮށްފައިވާ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް