ޚަބަރު ސިޔާސީ

ސިޔާދަތު ވިއްކައިލީ ވެސް ޚާއިނުން, އެކަން އަބަދުވެސް ހަނދާންކުރަންޖެހޭ: ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ނޮވެމްބަރު 03 ގެ ޢުދުވާނީ ހަމަލާ ދިނީ ވެސް އަދި އޭގެފަހުން މި ޤައުމުގެ ސިޔާދަތު ވިއްކައިލީ ވެސް ޚާއިނުން ކަމަށާއި, އެކަން އަބަދުވެސް ހަނދާންކުރަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި އެ މަނިކުފާނު ހައްދަވާފައިވާ ޅެމެއް ވެސް ހިއްސާކުރައްވާފައި ވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޤައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން ކިތަންމެ ބޮޑު ގެއްލުމެއް ވެސް ދީފާނެ ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ނޮވެމްބަރު 03 ގެ ޢުދުވާނީ ހަމަލާ ދިނީ ވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ހިފުމަށް ގޮވައިލީ ވެސް އަދި ޤައުމުގެ ސިޔާދަތު ވިއްކައިލީ ވެސް ޚާއިނުން ކަމަށާއި އެއީ ޤައުމުގެ ޢަދުއްވުން ކަމަށާއި, އެކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު ރާއްޖެއަށް އިންޑިއާ ސިފައިން އަރައި ވެރިކަން ބަދަލު ކުރުމަށް، ރައީސް ޔާމީންގެ ޒައާމަތުގައި، ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވަނީ ގޮވައިލައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!