Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފޯޅަވަހި ވިއްކައިލީ 500 މިލިއަން ޑޮލަރަށް: މުސްޠަފާ

ފޯޅަވަހި ވިއްކައިލީ 500 މިލިއަން ޑޮލަރަށް: މުސްޠަފާ

ފޯޅަވަހި ނުވަތަ ޗާގޯސް ވިއްކައިލީ 500 މިލިއަން ޑޮލަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްޠަފާ ތުހުމަތު ކުރައްވައިފިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 500 މިލިއަން ޑޮލަރަށް ފޯޅަވަހި ވިއްކާލައި، ދިވެހި ޤައުމަށް ޣައްދާރުވި މައްސަލަ ފަޅާއެރުމުން، ފޯޅަވައްސަކީ ދިވެހީންނާ އެއްވެސް ވަރަކަށް ގުޅުމެެއް ނެތް ތަނެއް ކަމަށް ދޭހަވާ ގޮތަށް ލިޔެ، އޮޅުވައިލުމަށް، ތާރީޚު ދިރާސާ ކުރާ ފަރާތްތަކުގެ ކިބައިން، ސަރުކާރުން ގުޅައި އާދޭސް ކުރި ކަމަށެވެ.

https://twitter.com/Thimarafushi/status/1588589646845730817

Advertisement
HDC — Sidebar (box)

އައްޑޫ ސިޓީގެ ދެކުނުގައި އޮންނަ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން އިން ފާސްކުރި ޤަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިނެވެ.

ނަމަވެސް ޗާގޯސް ރަށްތަކަކީ އިނގެރޭސީންގެ ބާރުގެ ދަށުގައިވާ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަން ހާމަކުރުމާއެކު އިދިކޮޅު ފަރާތްތަކުންނާއި، ބައެއް ޤާނޫނީ ބޭފުޅުން ވެސް އަންނަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އެ ނިންމުމަކީ އެތައް ގޮތަކުން ރާއްޖެއަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެ،  ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީ އާއި އެމްއާރްއެމުންވެސް ވަނީ، މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް ނުކުންނަވައިފައެވެ.

ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ޤަބޫލުކޮށް ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ، އަވައްޓެރި އިންޑިއާގެ ނުފޫޒުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު، މި ތުހުމަތުތަކަށް ރައްދު ދެއްވައި ވިދާޅުވެފައިވަނީ، މި މައްސަަލައިގައި ރާއްްޖެއިން އިސްކުރާނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށާއި، ސަރުކާރުގެ ނިންމުމަށް އިންޑިއާގެ ނުވަތަ އެނޫންވެސް ބައެއްގެ ނުފޫޒެއްވެސް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމުގައި ގޯހެއް ނެތް ކަމަށް ވިދާޅުވެ، "ސްޓޭންޑް" ވެސް ބަދަލު ނުވާނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް