Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފައްޔާޒް އިދިކޮޅަށް: މިހާރު ވޯޓް ފޮށި ބަލާ ފުލުހުން ނުދާނެ

ފައްޔާޒް އިދިކޮޅަށް: މިހާރު ވޯޓް ފޮށި ބަލާ ފުލުހުން ނުދާނެ

އިދިކޮޅުން މިއަދު ބާއްވާ ދާއިރާތަކުގެ އިންތިޚާބަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެއީ ސިޔާސީ މިނިވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔާ ކަމަށާއި ސިޔާސީ މިފަދަ ހަރަކާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުން ފޮނުވައިގެން ނުހުއްޓުވުމަކީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށެވެ.

"މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު. ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން." ފައްޔާޒު ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި 87 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. މި އިންތިހާބުގައި ހޮވަނީ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، ކޮންމެ ރަށަކުން ޒުވާނުންގެ ގޮފީގެ ރައީސަކާއި އަންހެނުންގެ ގޮފީގެ ރައީސެކެވެ.

ދާއިރާތަކުގެ އިސްވެރިން ހޮވަން އިންތިހާބެއް ބާއްވާފައިވާއިރު ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބަށް ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް