Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދު ލަންކާ ތަމްސީލް ކުރެއްވުން ރައީސް މައުމޫނަށް ވެސް ކަމުނުދިޔަ!

ރައީސް ނަޝީދު ލަންކާ ތަމްސީލް ކުރެއްވުން ރައީސް މައުމޫނަށް ވެސް ކަމުނުދިޔަ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، 27 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް)ގައި ލަންކާގެ ވަފުދުގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.

މިސްރުގެ ޝަރްމުއް ޝައިޚުގައި އޮންނަ މި ސަމިޓްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ގައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކަމަށް މަޖިލިސް އިދާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކަމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރު ކުރެއްވި ޓްވީޓެއްގައި، ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން، އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްސީލު ކުރައްވަން ވަޑައިގަތުން ގޯސް ކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Square (box)

ވީޓަށް ކުރެއްވި ރިޕްލައިގައި ރައީސް މައުމޫނު ވަނީ، އެއީ ވަރަށް ރަނގަޅު ވާހަކަފުޅެއްކަން ބަޔާންކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް