ޚަބަރު ސިޔާސީ

އިދާރީ ކަންކަން ފުރިހަމަ ވުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތާރީޙް އިއުލާނު ކުރާނެ: އަނަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާނު ކުރެވޭނެ ކަމަށް އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އެޕާޓީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އިއުލާނު ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް އެ ޕާޓީ އިން ނިންމާފައި ނުވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވާއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައެވެ.

މީގެ އިތުރުން އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި، އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އިތުރުން، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!