ލައިފްސްޓައިލް

އިސްތަށިގަނޑު ފަން ކުރަން ގޭގައި ކުރެވިދާނެ ބައެއް ކަންކަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލުގެ އިސްތަށިގަނޑު ފަންކޮށް ހުންނަން ގިނަ ބަޔަކު ލޯބިކުރާއިރު، އެކަމަށްޓަކައި އެތައް އުފެއްދުންތަކަކާއި ކެމިކަލްތައް ގިނަ ބަޔަކު ބޭނުން ކުރެއެވެ. ނަމަވެސް އިސްތަށިގަނޑު ފަން ކުރުމަށް ބޭނުންކުރާ ކެމިކަލްތަކަކީ ހަށިގަނޑަށް ގެއްލުންހުރި ކެމިކަލްތަކެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެެވެ.

ނެޝަނަލް ކެންސަރ އިންސްޓިޓިއުޓްގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ވަނީ އިސްތަށިގަނޑު ފަންކުރާ ކެމިކަލްތަކާ މައިބަދައިގެ ކެންސަރާ ގުޅުމެއް އޮތްކަން ފާހަގަކޮށްފައެވެ.

ކެމިކަލްތަކުގެ ބަދަލުގައި އިސްތަށިގަނޑު ފަން ކުރުމަށް ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ރިމެޑީސްގެ ތެރޭގައި ރައިސް ވޯޓާ ހިމެނެއެވެ. ޗައިނާގެ އަންހެނުން އިސްތަށިގަނޑު ދޮވުމަށް ގިނައިން ބޭނުންކުރަނީ ފާމެންޓެޑް ރައިސް ވޯޓާއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށް، ފަންކޮށް، ގުދުރަތީ ގޮތުން ކުލައިން މުއްސަނދިކޮށްދެއެވެ. ގާތްގަޑަކަށް ދެ ތަށި ހަނޑޫ ފެނަށް އަޅަައި ރަނގަޅަށް ދޮވެލުމަށް ފަހު ބޮލުގެ އިސްތަށިގަނޑަށް އެ ފެން އަޅައި މަސާޖުކޮށްލާށެވެ. 20 މިނިޓް ވަންދެން ފެން ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. ހަފްތާ ބަންދުގައި މަދުވެގެން ހަފުތާއަކު އެއްފަހަރު މިކަން ކުރެވިދާނެއެވެ.

ފެނުގްރީކް އަކީވެސް އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. ރޭގަނޑު 1 މޭޒުމަތީ ސަމުސާ ފެނުގްރީކް ފެން އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ހެނދުނު ޔޯގަޓާ މި ބާވަތް އެއްކޮށްލާށެވެ. މިއީ ހެއާ މާސްކެއް ނުވަތަ ޝޭމްޕޫއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިއީ އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިގަނޑު އާދަޔާ ހިލާފަށް ފަންކޮށް ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!