Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭރު ބޯޓެއްގެ ފަޅުވެރިއަކަށް އެމްއެންޑީއެފުން އެހީތެރިވެެއްޖެ

ބޭރު ބޯޓެއްގެ ފަޅުވެރިއަކަށް އެމްއެންޑީއެފުން އެހީތެރިވެެއްޖެ

ރާއްޖޭގެ ސަރަހައްދަށް ދަތުރު ކުރި ބޭރުގެ ކާގޯ ބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެެފުން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބަހްރެއިނުން ޑިއެގޯ ގާޝިއާ އަށް ދަތުރުކުރަމުން ދިޔަ "ހާޓްލޭންޑް ޕޮއިންޓް" ނަމަކަށް ކިޔާ ކާގޯ ޝިޕްގައި ހުރި އުމުރުން 55 އަހަރުގެ އިނގިރޭސިވިލާތުގެ އެ ފަޅުވެރިޔާގެ ޞިއްޙީ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ ހެނދުނު 09:50 ހާއިރު ކަމަށެވެ.

https://twitter.com/MNDF_Official/status/1590185357513216000

Advertisement
Allied Insurance — Square (box)

އަދި އެ ބޯޓު މާލޭ ޕައިލެޓް ގްރައުންޑާ ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗު، އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެގޮތުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކުގައި، ބަލި މީހާ ބޯޓުން ބާލައި، ރޭ މެންދަމު 2:00 ހާއިރު ވަނީ އައިޖީއެމްއެޗަށްވެސް ގެންގޮސްފައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް