Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ޝަޚްސު އޮޅުވައިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި

ޝަޚްސު އޮޅުވައިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި

ޝަޚްސު އޮޅުވައިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ ރ.މަޑުއްވަރީ ޓިއުލިޕް, އިބްރާހިމް ޢަޤްލީމް (27 އ) އެވެ.

ކްރިމިނަލް ކޯޓުގައި ފުލުހުން ވިދާޅުވީ ވަގަށް ނަގާފައި ހުރި އެއްޗެހި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވުމުން އޭނާއަކީ އެހެން މީހެއްކަމަށް ބުނެ ޝަޚްސު އޮޅުވާލައިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ފުލުހުން ގާތު ނަން ނުބައިކޮށް ބުނިކަމަށް އިޢުތިރާފުވެސް ވެފައެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ޢަމުރު ކުރައްވައިފައެވެ.

ކްރިމިނަލް ކޯޓުގެ ޢަމުރުގައިވާ ގޮތުން އޭނާއަކީ ފޭރުމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި، ބަންދު ރެކޯޑް ގިނަ މީހެކެވެ.

ނުބައި ނަމަކާއި ނުބައި, ނުބައި އައިޑީ ކާޑު ނަންބަރެއް ދީގެން ޝަޚްސު އޮޅުވައިލަން މަސައްކަތް ކުރި މީހަކު ގޭ ބަންދު ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުވެސް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް