Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފައެއް ޖަހަން ޝަވަންއަށް އެންސްޕާއިން އެހީވަނީ

ފައެއް ޖަހަން ޝަވަންއަށް އެންސްޕާއިން އެހީވަނީ

ހދ. މަކުނުދޫ ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ދެއްކި ހިތްވަރުން ގިނަ ބައެއްގެ ލޯބި ހޯދި، އުމުރުން ހަތް އަހަރުގެ ޝަވަން މުޙައްމަދަށް ޕްރެސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައިފިއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް ވިދާޅުވީ، ޝަވަންއަށް ފައެއް ޖެހުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާ މިއަދު އާއިލާއަށް އެކަން އަންގާފައިވާ ކަމަށެވެ.

ޝަވަން އެއްފައިން ކުޅުނު ވީޑިއޯ ފޭސްބުކްގައި ހިއްސާކޮށްފައިވަނީ މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލެވެ. އެއާއެކު ގިނަ ބައެއްގެ ޝައުޤުވެރިކަން ވީޑިއޯއަށް ވަނީ ލިބިފައެވެ. އަދި ޝަވަންއަށް އެހީތެރިވުމަށާއި އެ ހިތްވަރުން ހިތްވަރު ލިބިގަތުމަށް މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް