Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަރުވި މީހުންގެ އަދަދު 11 އަށް: ސުނާމީއަށްފަހު އެއް ހާދިސާއަކުން އެންމެ ގިނަ މަރު

މަރުވި މީހުންގެ އަދަދު 11 އަށް: ސުނާމީއަށްފަހު އެއް ހާދިސާއަކުން އެންމެ ގިނަ މަރު
މ. ސެންރޯޒް ހުޅަނގުބައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާއަށްފަހު، އެއް ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ.

ރޭ 12:30 ހާއިރު އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެއީ މ. ނިރުފަހި ކިޔާ ގެއެއްގައި ހުންނަ ގަރާޖެކެވެ. ރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ. މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ. އެއިމާރާތުގެ މަތީގައި ބިދޭސީން ދިރިއުޅެމުން އަންނައިރު އުޅެމުން އަންނަނީ ކިހާ އަދަދެއްގެ ބިދޭސީން ކަމެއް ޔަގީނެއް ނޫނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް