ރޯވި ގޭގައި ހުރީ ކިތައް ކޮޓަރި ކަމެއް ނޭނގެ، އެގެޔަކަށް ނުދަން: ގޭގެ ވެރިމީހާ
ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހިގޭގައި ހުންނަނީ ކިތައް ކޮޓަރި ކަމެއް ނޭނގޭ ކަމަށާއި، އެ އެކޮމަޑޭޝަން ބްލޮކަށް ނުދާ ކަމަށް އެ ގޭގެ ވެރިފަރާތުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގެއަކީ އަބްދު ރަޝީދު ނަމަކަށް ކިޔާ މީހަކާއި އޭނާގެ ދެ ކޮއްކޮގެ ގެއެވެ. އަބްދުﷲ ރަޝީދު ދިރިއުޅެނީ ނިރުފެހިގޭ ކުރިމަތީގައި ހުންނަ ގޭގައެވެ
އަބްދު ރަޝީދު އޮންލައިން ނޫހެއް ކަމަށްވާ "ވަން"އަށް ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި މިހާރު އުޅެމުން އަންނަ ބިދޭސީން ވަޒީފާ އަދާކުރާ ތަނެއްގެ މައުލޫމާތު ނޭނގޭ ކަމަށެވެ. އަދި އެތަން ކުއްޔަށް ދީފައިވަނީ އެތަނުގައި އުޅޭ ބިދޭސީންނަށް ކަމަށެވެ. އަދި ކުލި ނުދައްކާތާ ދެ މަސް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި އެމްއެންޑީއެފްގެ ފަރާތުން ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ, އެތަނުގައި 28 ކޮޓަރި ހުރި ކަމަށެވެ.
”އެމީހުން ދިރިއުޅެމުން އައީ ކުދި ކުދި ބިސީތަކެއް ގޮތަށް. ވަރަށް ތޮއްޖެހިފަ ހުންނަ ގޮތަށް މިތަން އިމާރާތްކޮށްފަ މިހުރީ. މިއިމާރާތުގެ ކޮޓަރިތަކުގައި ހުރީ އެންމެ ވެންޓިލޭޓަރެއް” ރަޝީދު ވިދާޅުވިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ, އެ ތަނުން 28 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ދިރިއުޅޭ މީހުންގެ އަދަދު 38އަށް އަރާނެއެވެ.
އެތަނުގައި ދިރިއުޅެމުންދިޔައީ ބަންގަލަދޭޝް, ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.
ކީއްކުރަން ދާންވީ ބޭނުންވާ ވަރަށް ލާރި ލިބޭވިއްޔާ އެނިމުނީ އެއްނު. މިފަދަ ފޮށިގަނޑު ހަދާ ކުށްޔަށް ދީފަ އަދި އަނގަ ފުޅާކޮށް ވާހަކަ ދައްކަން ކެރޭކަމީ މިމީހުންގެ ލަދުހަޔާތްކުޑަކަން.
ގޭގެ ވެރިމީހާއަކަށް އެނގޭކަމަކަށް ނުވާނެ އެއްކަމެއްވެސް. ކޮންމެ މަހަކު ލާރިކޮޅު އަތަަށް ލިބުނީމަ ނިމުނީ. މިހާރުވެސް އެހަދަނީ ހުސްދޮގު އެންމެ މަހަކަށްވެސް އެމީހުން ލާރިނުދެންޏާ ނުބައިތިއްބާނެ. މީހަމަ ކަށަވަރު ކަމެއް.
ޙަމަ ރަގަޅަށް ތިބުނީ
ހައްޕު