Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯވި ގެ ކުއްޔަށް ހިފާފައި ވަނީ ފުލުހުންކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މާލޭގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއްކަމަށް ބުނާ ވާހަކަ ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގާފައުވަނީ މ.ނިރުފެހި ގޭގައެވެ.

ފުލުހުން ބުނީ އެ ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށް ބުނެ ނޫސްތަކުގައި ދައުރުވާމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

''އެތަން ކުއްޔަށް ހިފާފައިވަނީ ފުލުހެއް ނޫންކަން މި ޚިދުމަތުން ކަށަވަރުކޮށްދެމެވެ.'' މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ ޢަބްދު ﷲ ރަޝީދު ކިޔާ މީހަކާއި އޭނާގެ ދެ ކޮއްކޮގެ ގެއެކެވެ. އެތަން ކުއްޔަށް ދީފައިވަނީ އެ ތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީންނަށް ކަމަށާއި ކުލި ނުދައްކާތާ މިހާރު ދެ މަސްވެފައިވާ ކަމަށް ވެސް އޭނާ މިއަދު ބުނެފައިވެއެވެ.

އެ ގޭގައި  28 ކޮޓަރި ހުރިއިރު ދިރިއުޅޭ މީހުންގެ އަދަދު 38 އަށް އަރައެވެ. 

ރޭގެ ހާދިސާގައި ގިނަ ބަޔަކު ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް