Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ ތެރޭގައި އިންޑިއާ 7 މީހެއް

އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ ތެރޭގައި އިންޑިއާ 7 މީހެއް

ރޭ މ. ނިރުފެހީގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންކަން ކަށަވަރުވެއްޖެއެވެ.

އެކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެންބަސީންނެވެ. އެންބަސީން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، މަރުވި މީހުންގެ ތެރެއިން 7 މީހުންނަކީ އިންޑިއާގެ މީހުންކަން ދެނެގަނެވިފައިވާ ކަމަށެވެ. އެކަން ދިވެހި ސަރުކާރުން އަންގާފައިވާ ކަމަށާއި، އެމީހުންގެ އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ 10 މީހެކެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަކުގެ ޤައުމު ވަނީ ޔަޤީންވާ ގޮތް ނުވެފައެވެ.

Advertisement
Allied Insurance — Square (box)

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދިޔަ ގެއެކެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކާ މިރޭ ބައްދަލު ކުރައްވާފައެވެ. އަދި ހައިކޮމިޝަނުން ވެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އިންޑިއާގެ އެންބަސީން ވަނީ ރާއްޖޭގެ ސަރުކާރުންނާއި އެންޖީއޯތަކުންނާއި އެޖެންސީތަކުން މިހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވަމުން އަންނާތީ، އެކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް