ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާއިން: ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރަން

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރެއްވިއެވެ.
އިންޑިއާގެ އެކްޓާނަލް މިނިސްޓަރ ޖައި ޝަންކަރު ވެސް ވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. މިގޮތުން ވިދާޅުވެފައިވަނީ، އިންޑިއާގެ ނެއިބަރހުޑް ފަސްޓް އަދި ރާއްޖޭގެ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން ބަދަހިވަމުންދާ ދެ ޤައުމުގެ ގުޅުމަކީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ.
https://twitter.com/DrSJaishankar/status/1590901985456558082?s=20&t=RjzRo88Vlvp3GiolSiwjpg
ޖުމްހޫރީ ދުވަހަކީ ރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރިއްޔާއަކަށް 1968 ވަނަ އަހަރު ބަދަލު ކުރުމާއި ގުޅިގެން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.







ކޮމެންޓް