Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސްތުވާތަކެއްޗާއެކުަ ހައްޔަރުކުރި ރިޝްފާގެ ބަންދަށް ފަސް ދުވަސް، ހުނޫގެ ބަންދަށް ހަތް ދުވަސް

މަސްތުވާތަކެއްޗާއެކުަ ހައްޔަރުކުރި ރިޝްފާގެ ބަންދަށް ފަސް ދުވަސް، ހުނޫގެ ބަންދަށް ހަތް ދުވަސް

މަސްތުވާތަކެތި ބޭނުންކޮށެގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާއާއި ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) އަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.

”ދެން”އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުނޫގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ. ރިޝްފާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އަދި މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 4 އަންހެނަކާއި 8 ފިރިހެނަކު މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިންވެސް ހުނޫ ހައްޔަރުކޮށްފައިވެއެވެ. ހުނޫއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި, ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި, މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާ ކޮށްފައިވެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް