Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގިނަ ޝަކުވާތަކާއެކު ލ އަދި ތ އަތޮޅުގެ މަސްވެރިން އިޙްތިޖާޖަށް

ގިނަ ޝަކުވާތަކާއެކު ލ އަދި ތ އަތޮޅުގެ މަސްވެރިން އިޙްތިޖާޖަށް
ލ.މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އެކަމާ ދެކޮޅަށް އަޑު އުފުލަން ނުކުމެއްޖެއެވެ. ގުރައިދޫ މަސްވެރިންގެ ޖަމުއިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް ވިދާޅުވީ މަސްވެރިން މިއަދު ކުރަމުން ދަނީ ސުލްޙަވެރި އިޙްތިޖާޖެއް ކަމަށެވެ. މި އިޙްތިޖާޖް ކުރަން ޖެހުނީ މަނަދޫ ޕިޝަރީޒް ކޮންފްލެކްސްއަށް މަސްކިރުމަށް ފަހު ފައިސާ ނުލިބޭތާ މަސްދުވަސް ވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އިޙްތިޖާޖާ ގުޅިގެން ލ.އަތޮޅު ކައުންސިލުގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ ދެ އަތޮޅުގެ މަސްވެރިން ލ. މާންދޫގައި ކުރަމުން ގެންދާ އިޙްތިޖާޖަށް އޭނާ ފުރިހަމައަށް ތާޢީދު ކުރައްވާ ކަަމަށާއި، އެކަން ކުރަން ލަސްވެސް ވެއްޖެ ކަަމަށެވެ.
"ތަނުގެ މަސްލަހަތު ނަގައިނުލައި، މާރާމާރީއަކަށް ނުގޮސް، މުދަލަށް ގެއްލުން ނުދީ، ސުލްހަވެރިކަމާއެކު އިޙްތިޖާޖު ކުރިއަށް ގެންދިޔުމަށް މަސްވެރިންނަށް ނަސޭހަތްތެރިވަން. މާންދޫގައި ހަރަކާތްތެރިވާ ހޮރައިޒަން ފިޝަރީޒުން މަސްވެރިންނާމެދު ޢަމަލު ކުރަނީ ހިތަށް އެރި ގޮތަކަށް."
އޭނާ ވިދާޅުވީ ހޮރައިޒަން ފިޝަރީޒުން މަހުގެ އަގު ހަދަނީ އެ މީހުން ބޭނުންވާ ގޮތަކަށް ކަމަށާއި، ޑީސަލް ތެޔޮ ވިއްކަނީ، "ވިއްކާނެ އަގެއް"ގައި ކަމަށެވެ.
"މަސް ކިރާނެ އެހެން ބަަޔަކު މި ޒޯނުގައި ހަރަކާތްތެރި ނުވުމަކީ މާންދޫ މަސްވެރިންނާމެދު ހިތުހުރި ގޮތަކަށް ކަން ކުރަންޖެހޭ ސަބަބެއް ނޫން." އޭނާ ވިދާޅުވިއެވެ.
ލ.އަތޮޅު ކައުންސިލުގެ ރައީސް ވަނީ މަސްވެރިން މިއަދު ކުރާ އިޙްތިޖާޖުގެ ހެޔޮ ނަތީޖާ ފެނުމަށް އެދޭ ކަމަށްވެސް ވިދާޅުވެފައެވެ. "ދެން"އަށް އެނގިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ހޮރައިޒަންއިން މަސްވެރިންނަށް ކޮންމެ ހަތް ދުވަހަކުން ފައިސާ ދޭގޮތަށް ނިންމުމަށްފަހު، 14 ދުވަހަށް ބަދަލު ކުރިއެވެ.  ނަމަވެސް އޭގެ ފަހުން އެއްމަސް ފާއިތުވިއިރުވެސް ފައިސާ ދީފައެއް ނުވެއެވެ. ފައިސާ ނުލިބިގެން 22 މަސްވެރި ދޯންޏަކުން މިއަދު އިހްތިޖާޖް ކުރަމުންދާއިރު އެ ފަރާތްތަކުން ގޮވާލަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ. މަސްވެރިން ކިރާ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެވެސް މުހިންމު އެއް ވައުދެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް