Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރަށް

ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރަށް

ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

Advertisement
HDC — Sidebar (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފެށި މި އޮޕަރޭޝަނަކީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ނަމަވެސް ފުލުހުން މިކަމާ ގުޅޭ މަޢުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް