ސްޓެލްކޯގެ އެމްޑީ އެމްޑީޕީއަށް ސޮއިކުރައްވައިފި

އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޝަރީފް އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ޝަރީފްގެ ނިންމެވުމާ ގުޅިގެން އެމްޑީޕީން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޝަރީފަކީ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އީސީގެ ރައީސްކަމަށް އޭނާ އައްޔަން ކުރެވުނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައެވެ.






ކޮމެންޓް