Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ފުލުސް މީހާ މަގާމުން ސަސްޕެންޑް ކޮށްފި

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ފުލުސް މީހާ މަގާމުން ސަސްޕެންޑް ކޮށްފި

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ފުލުސްމީހާ ސަސްޕެންޑުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކު ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށާއި އޭނާ އަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ކަމަށް ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

“ނަމަވެސް ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ފުލުހަކަށް ނޯންނާނެ” ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް