ޚަބަރު ސަރުކާރު

ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ %38 ވަނީ ހަމަޖެހިފައި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ 38 އިންސައްތަ މިހާރުވެސް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާގެތެރެއިން، ލޯންގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.

މިނިސްޓަރވަނީ ރަށްރަށުގައި ކުރިއަށްދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މެދު ކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ހައްލުނުވެ ހުރި އަސާސީ މައްސަލަތައް ހައްލު ކުރުމާއި ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!