ދުނިޔެ ޔޫރަޕް

ތުރުކިޔެގައި ބާރު އެއްޗެއް ގޮއްވާލައި 6 މީހުން މަރު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ތުރުކިޔެގެ ވެރިރަށް އިސްތާންބުލްގައި ބާރު އެއްޗެއް ގޮއްވާލައި ދިން ހަމަލާއެއްގައި 53 މީހަކު ޒަޚަމްވެ 6 މީހުން މަރުވެއްޖެއެވެ.

Ads by WAMCO

މި ހާދިސާ ހިނގާފައިވަނީ މިއަދު އިސްތާންބުލްގެ ގަޑިން 16:20 ގައި ތަކްސިމް ސްކޮޔައ ހިސާބުގައި ކަމަށް އިސްތާންބުލްގެ ގަވަރުނަރު ވިދާޅުވެފައިވެއެވެ.

މި ހާދިސާ ހަމަލޮލުން ފެނުނު މީހަކު ސިފަކޮށްފައިވާ ގޮތުގައި އިވުނު ބާރު އަޑަކާއެކު ދެން ފެނުނީ މަގުމަތީގައި އެތައް ބަޔަކު ވެއްޓިފައި އޮތްތަނެވެ.

އާންމުކޮށް ވަރަށް ގިނަ މީހުން ވިޔަފާރި ކުރުމަށް ނުކުމެ އުޅޭ މި މަގަށް މިވަގުތު ވަނީ ވަރަށް ހަމަހިމޭންކަމާއި ބިރުވެރިކަން ވެރިވެކަމަށް އެތަނުގައި މިވަގުތު ހަރަކާތްތެރި ވަމުންދާ ބީބީސީ ރިޕޯޓަރު ސިފަކޮށްދީފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައިނުވާއިރު، ތުރުކިޔެގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވެފައިވަނީ މި ހަމަލާ ހިންގި މީހުންނަށް ހަރުކަށި އަދަބު ދެވޭނެކަމަށެވެ. އަދި މި ހަމަލާ މިވަގުތު ބެލެވެނީ ޓެރަރިޒަމްގެ ހަމަލާއެއްކަމުގައި ވިޔަސް މިކަން އަދި ކަށަވަރުކޮށްދެވެން ނެތްކަމަށްވެސް އެމަނިކުފާނު ނޫސް ވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

2016 އަހަރުގައިވެސް މި މަގުގައި މީހަކު ވަނީ ޖާނުން ފިދާވެ ބޮމުގެ ހަމަލާއެއް ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!