Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑރ. ނާޒްގެ ވޯޓު ގުޅިފައި ވަނީ ރޯޔަލް ސަފާރީ ރޭޕް ކޭސް އާ

ޑރ. ނާޒްގެ ވޯޓު ގުޅިފައި ވަނީ ރޯޔަލް ސަފާރީ ރޭޕް ކޭސް އާ

ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާތައް ފެނިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގި ވެރިކަން ކުރާ އެމްޑީޕީއަށް މުހިންމު ގޮނޑިތަކެއް ގެއްލިގެންނެވެ. އެއާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ އެމްޑީޕީގެ ހާއްޔަށް އިދިކޮޅު ޕީޕީއެމްއިން ބިސް އަޅައިފި ކަމަށެވެ.

ގިނަ ބަޔަކު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުގެ ވާހަކަ ދައްކަމުން އަންނައިރު، އެމްޑީޕީއަށް ވޯޓު ނުދިން ސަބަބުން ވެސް އަންނަނީ ކިޔައިދެމުންނެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވަނީ އޭނާގެ ވޯޓު އެމްޑީޕީއަށް ގެއްލުނު ސަބަބު ސާފުކޮށްދީފައެވެ.

ޑރ. ނާޒްގެ ވޯޓުގެ ވާހަކަ ގޮސް ގުޅެނީ މިދިޔަ އަހަރު ތެރޭގައި ހިނގައިދިޔަ ރޯޔަލް ރޭޕް ކޭސް އާއެވެ. ނާޒް ވިދާޅުވީ އޭނާގެ ވޯޓު އެމްޑީޕީއަށް ގެއްލުނު ސަބަބަކީ އަންހެން ކުއްޖަކު ދަންވަރު މޫދަށް ފުންމާލުމުން، އެކުއްޖާ ފުންމާލަން ޖެހުނު ސަބަބުން ބަދަލުކުރުމަށް ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އެކުއްޖާއަށް ބާރު އެޅުމުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށް ބުނެ މި މައްސަލައިގައި ފުލުހުންނަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް