Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެފްއެސްއެމްގެ ޝެޑުތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދަައްކައިގެން ސައިކަލެއް ހޯދިދާނެ!

އެފްއެސްއެމްގެ ޝެޑުތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދަައްކައިގެން ސައިކަލެއް ހޯދިދާނެ!

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކަށް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެފްއެސްއެމްގެ ޝެޑުތަކުން ޕެޓްރޯލް އެޅުމުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޤަސަމްއެވެ.

މި ޚިދުމަތާއެކު ފެށި ޕްރޮމޯޝަން 14 މެއި 2023ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ޕްރޮމޯޝަންގެ އިނާމަކަށް ކަނޑައަޅާފައިވަނީ ކިންގްސްޓަނުން ވިއްކާ ސްކޫޕީ ސައިކަލެކެވެ.

Advertisement
Ooredoo — Square (box)

ޚިދުމަތް ތަޢާރަފު ކޮށްދެއްވައި ދެއްކެވި ވާހަކަައިގައި ޤަސަމް ވިދާޅުވީ 2018 ވަނަ އަހަރާ އަޅާބަލައި އިރު، އެފްއެސްއެމްގެ ޝެޑުތަކުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ޕެޓްރޯލް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކޮށް ވީހާވެސް އަވަސް ހިދުމަތެއް ކަސްޓަމަރުންނަށް ދިނުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

މިއަދު ތައާރަފު ކުރި ހިދުމަތާއެކު ޝެޑުތަކުން ދޭ ޚިދުމަތްތައް މިހާރަށްވުރެ އަވަސްވެ، ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެފްއެސްއެމްގެ ޝެޑުތަކުގެ ޚިދުމަތްތަށް އަވަސްކުރުމަށް އިތުރު މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށާއި އެކަންވެސް ދާދި އަވަހަށް ކުރާނެ ކަމަށްވެސް ޤަސަމް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް