Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާއަށްފަހު، ރެހެންދި ސްކޫލުގައި ކިޔަވައިދިނުން އޮންލައިންކޮށް

އަލިފާނުގެ ހާދިސާއަށްފަހު، ރެހެންދި ސްކޫލުގައި ކިޔަވައިދިނުން އޮންލައިންކޮށް

އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދުން ފެށިގެން ރެހެންދި ސުކޫލުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން މެދުކަނޑައިނުލާ ކުރިޔަށް ގެންދިއުމުގެ ގޮތުން މިއަދުން ފެށިގެން ގޫގުލް މީޓް މެދުވެރިކޮށް އޮންލައިން ކުލާސްތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށްދޭ މަސައްކަތްތައް ވައިބަރ  މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ.

އަލިފާނުގެ ހާދިސާއަށްފަހުގައި، ސްކޫލުގެ ކަރަންޓު ވިޔުގައަށް ގެއްލުން ލިބިފައިވާއިރު، ރެހެންދި ސުކޫލުން އަންނަނީ އެޑިއުކޭޝަނާއި ސްޓެލްކޯގެ ބެލުމުގެ ދަށުން ކަރަންޓް ވިއުގަ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement
Allied — Dhen Online (box)

ކުރިއެކޭ އެއްގޮތަށް ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަންނަ އާދިއްތަ ދުވަހު އަލުން ފެށޭނެ ކަމަށް އެ ސުކޫލުން ލަފާކުރެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް