Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ: އިތުރު މީހެއް މަރުވެފައިވާ ކަމަށް ބެލެވެން ފަށައިފި

މިދިޔަ ބުދަ ދުވެހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލަ ފެނިއްޖެއެވެ.

ނިރުފެހިގެ ސާފްކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ މިއަދު ފެނިފައިވާ ކަމަށެވެ. އަދި މިއަދު ފެނުނު ފައިތިލަ ފިޔަވައި އިންސާނެއްގެ ހަށިގަނޑުގެ އިތުރުބައެއް ފެނިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ހާދިސާގައި މަރުވި މީހެއްގެ ފައެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި މިއީ އަންހެނެއްގެ އަދި ފިރިހެނެއްގެ ފައެއް ކަމެއްވެސް ވިދާޅެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ފައިތިލަ ފެނިފައިވަނީ ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ގުނަވަންތައް ހަމައެވެ. މިހެންކަމުން އަލިފާނުގެ ހާދިސާގައި އިތުރު މީހެއް މަރުވުންގާތެވެ.

މީގެ ކުރިން އެމްއެންޑީއެފުންނާއި ފުލުހުންވެސް މިހާތަނަށް ބުނެފައިވަނީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދަކީ 10 ކަމަށެވެ. އެއީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް