ލައިފްސްޓައިލް ސިއްޙަތު

އިންސާނުން އުފައްދާފައިވާ ކުކުޅު މަސް ކެއުމަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އެމެރިކާގެ ލެބޯޓްރީއެއްގައި އުފައްދާފައިވާ ކުކުޅު މަސް ކެއުމަށް އެ ޤައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފުރަތަމަ ފަހަރަށް ހުއްދަ ދީފިއެވެ.

Ads by Sosun Fihaara

މިގޮތަށް ކުކުޅު މަސް ހަދާފައި ވަނީ އަޕްސައިޑް ފުޑްސް ނަމަކަށް ކިޔާ ކުންފުންޏަކުން، ދިރޭ ކުކުޅުތަަކެއްގެ ސެލްތައް ބޭނުންކޮށްގެންނެވެ.

މި އުފެއްދުން ކަސްޓަމަރުންނާ ހިސާބަށް އަންނާނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރގެ ހުއްދަ ލިބުމަށްފަހުގައެވެ.

އެފްޑީއޭ އިން ބުނެފައިވާ ގޮތުގައި މި އުފެއްދުމަށް އެމީހުން ހުއްދަ ދީފައިވަނީ ކުންފުނިން ހުށަހަޅާފައިވާ ހުރިހާ މަުލޫމާތުތަށް ބަލައިފައެވެ. އަދި މިވަގުތު މި އުފެއްދުމާމެދު އެއްވެސް ސުވާލެއް ނެތްކަމަށެވެ.

ފަހަކަށް އައިސް ވަރަށް ގިނަ ކުންފުނިތަކެއް ދަނީ މިފަދަ އެއްޗެހި އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެފަދަ ކުންފުނިތަކުގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ކާބަން އެމިޝަންސް މަދު ކުރުމާއި ޤުދުރަތީ މާހައުލު ރައްކާތެރިކުރުމެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ އުފެއްދުންތަކުގެ ސަބަބުން ދުނިޔެއަށް ވަރަށް ފައިދާކުރާނެއެވެ. އެގޮތުން ދުނިޔެއަށް ދިމާވެފައިވާ ޕްރެޝާތައް 80% އަށް ދަށްވާނެކަމަށް އަންދާޒާކުރެއެވެ.

އަޕްސައިޑް ފުޑްސްއާ ވާދަ ކުރާ ކުންފުންޏެއް ކަމަށްވާ ސިންގަޕޫރުގެ އީޓް ޖަސްޓްއިން ވަނީ 2020 ވަނަ އަހަރުގައި އާޓިފިޝަލް ޗިކަން ނަގެޓުވެސް އުފައްދައިފައެވެ.

މި ދާއިރާގައި އެންމެ ކުރީގައި އުޅޭ ދެ ކުންފުންޏަކީ އިސްރާއީލްގެ ދެ ކުންފުންޏެއް ކަމަށްވާ ފިއުޗަރ މީޓް ޓެކްނޮލޮޖީސް އާއި އިމްޕޮސިބަލް ފުޑްސްއެވެ. 2016 ގައި އިމްޕޮސިބަލް ފުޑްސްގެ މަޝްހޫރުވި އިމްޕޮސިބަލް ބާރގާ ވަނީ މިހާރު ބާގާ ކިންގްގެ މެނޫގައި އިމްޕޮސިބަލް ވޮޕާސްގެ ނަމުގައި ހިމަނައިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!