މި ސަރުކާރުން ދަޢުލަތުގެ ބަޖެޓު އަމިއްލަ މިލްކަކަށް ހަދައިފި: ނަރީޝް

މި ސަރުކާރުން ދަޢުލަތުގެ ބަޖެޓު އަމިއްލަ މިލްކަކަށް ހަދައިފި ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް ވިދާޅުވީ މި ސަރުކާރަށް 4 އަހަރުވީއިރު އިންސާފު ގާއިމްކޮށްފައި ނުވާ ކަމަށާއި އިންސާފުގެ ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންގެ އިދާރާއަކީ ރައްޔިތުންނަށް އިންސާފުވެރި ތަހުގީގެއް ލިބިދާނެތަނެއް ކަމަށް ދެކެމުން އައި ދެކުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.
”ދައުލަތުގެ ބަޖެޓަކީ އަމިއްލަ މިލްކަކަށް ހަދާ އާއިލާ އާއި ރައްޓެހިންނަށް ބަހާ ހުސްކޮށް މަތި މައްޗަށް ދަރަނި ނަގާ ރައްޔިތުން ހަނާއަރުވާ ގައުމު ލޫޓުވާލާ ބޮޑުތަނުން ދަރުވާލައިފި. އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަކީ މިގައުމުގައި އެންމެ މަތީ މަގާމުތަކަށް އެކަށީގެންވާ މީހުންކަމުގައި ހަދައިފި” ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ރައްޔިތުންނަށް ގަބޫލުކުރުވަން މި ސަރުކާރުން ނިންމައިފައިވާ ކަމަށާއި ސަރުކާރުން މަސްވެރިންނަށް ވީވައުދުތައް ބޮލާލައި ޖަހައި، މަސްވެރިންވެސް ނިކަމެތިކުރުވައިފި ކަމަށް ނަރީޝް ވިދާޅުވިއެވެ.