ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ކޮމިޓީން ފާސްކޮށްފި
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ.
އެގޮތުން ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ އަދި އަންނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމަށް އިތުރުކުރި 124 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ