Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަސްޓަމްސްގެ 30 މުވައްޒިފުން ތަމްރީންވާން އިންޑިއާއަށް

ކަސްޓަމްސްގެ 30 މުވައްޒިފުން ތަމްރީންވާން އިންޑިއާއަށް

އިންޑިއާގެ ފަރީދާބާދުގައި ހުންނަ ގެނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސްއަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) 30 ކަސްޓަމް އޮފިސަރުންގެ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްސީއެސްގެ އޮފިސަރުން ބައިވެރިވެވަޑައިގަންނަވާނީ "ޑްރަގް ލޯ އެންފޯސްމަންޓް ޓްރެއިނިން" ގެ ނަމުގައި 5 ދުވަހުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގައެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނާއެކު ކަސްޓަމްގައި ވަނީ ބައްދަލުވުމެއް ބާވާފައެވެ.

Advertisement
Ooredoo — Square (box)

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހައިކޮމިޝަނަރު ޕޫޖާ ޓިލޫ ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާ ވަނީ ކެޕޭސިޓީ ބިލްޑިންގ އަކީ އިންޑިޔާ އާއި ރާއްޖޭގެ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު ސެގްމަންޓެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންއާ ބެހޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އޮފިޝަލަކު ވަނީ ކަސްޓަމްސްއާ ގުޅުންހުރި އެކި އެކި މާއްދާތަކުގެ ތަމްރީނު ތައް އިންޑިއާގައި ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްތަކަކީ އެމްސީއެސް އަށް ބޭނުންވާ ގޮތަށް ޑިޒައިން ކުރާ ޕްރޮގްރާމްތަކެކެވެ. މީގެ އިތުރުން އެމްސީއެސްގެ 90 އަށް ވުރެ ގިނަ އޮފިޝަލުން ވެސް ވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީނުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް