Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިޔަ ގެންގުޅޭ އައިފޯނަކީ އާ ފޯނެއްތޯ ނޫނީ ބާ ފޯނެއްތޯ ބަލާނީ މިހެން

ތިޔަ ގެންގުޅޭ އައިފޯނަކީ އާ ފޯނެއްތޯ ނޫނީ ބާ ފޯނެއްތޯ ބަލާނީ މިހެން

އައިފޯނަކީ އާ ފޯނެއްތޯ ނޫނީ "ރިފާބިޝްޑް" ފޯނެއްތޯ ބަލާނެ ޓްރިކެއް އާކާންކްޝް އައުޓަޑެ ނަމަކަށް ކިޔާ މީހަކު ހޯދައިފިއެވެ. އޭނާ މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ އޭނާގެ ޓިކްޓޮކް ޗެނެލަށް އަޕްލޯޑުކުރި ވީޑިއޯއަކުންނެވެ.

މި ގޮތަށް ބަލަނީ އައިފޯނުގެ މޮޑެލް ނަމްބަރު ހޯދައިގެންނެވެ. އެގޮތުން ފުރަތަމަ އައިފޯނުގެ ސެޓިންގްސްއަށް ގޮސްފައި، ދެން "އެބައުޓް" އަށް ދިޔައީމަ މޮޑެލް ނަމްބަރު ފެންނާނެއެވެ.

މި މޮޑެލް ނަމްބަރު ފެށޭއިރު އެމް އަކުރެއް އިންނަމަ އޭގެ މާނައަކީ އެއީ އާ ފޯނެކެވެ. އަދި އެފް އަކުރެއް އިންނަ ނަމަ، އޭގެ މާނައަކީ އެއީ ރިފާބިޝްޑް ފޯނެކެވެ. މީގެ އިތުރުން މޮޑެލް ނަމްބަރު ފެށޭއިރު ޕީ އަކުރެއް އިންނަމަ އެއީ ޕާސަނަލައިޒްޑް ފޯނެކެވެ. އަދި އެން އަކުރެއް އިންނަމަ އެއީ ރިޕްލޭސްޑް ފޯނެކެވެ.

Advertisement
Allied Insurance — Square (box)

އޭނާ އިތުރަށް ކިޔައިދެމުން ބުނަނީ މޮޑެލް ނަމްބަރުގެ އެންމެ ފަހަތުގައިވާ އަކުރުތައް ބުނެދެނީ އެ ފޯނު ވިއްކަން ކަނޑައަޅާފައިވާ ޤައުމެވެ. އެގޮތުން އެލްއެލް ގެ މާނައަކީ އެމެރިކާ އަދި ސީއެޗްގެ މާނަައަކީ ޗައިނާއެވެ.

އެޕަލްގެ ރީފާބިޝްޑް ފޯނަކީވެސް ވަރަށް ކޮލިޓީ ރަނގަޅު ފޯނެއްކަމުގައި ވިޔަސް މި ޓްރިކްގެ ބޭނުމަކީ ވިޔަފާރި ކުރާއިރު އޮޅުވައިލަން އުޅޭ މީހުންގެ ކިބައިން ސަލާމަތްވުމެވެ. މިސާލަކަށް ބައެއް ފަހަރު އާ ފޯނެއްގެ އަގުގައި ދޮގު ހަދައިގެން ރީފާބިޝްޑް ފޯނު ވިއްކާ ތަން ވެސް އާދެއެވެ. މި ޓްރިކު އެނގުމުން ފޯނުން ވަރަށް ފަސޭހައިން މިފަދަ ކަންތައް ކަށަވަރު ކުރެވޭނެއެވެ.

އަދި މީގެ އިތުރުން ފޯނު ވިއްކަން ހަމަޖެހިފައިވަނީ ކޮން ޤައުމެއްގައިކަން އެނގުންވެސް މުހިންމެވެ. މިސާލަކަށް ސައުދީ އަރަބިޢާގައި ފޭސް ޓައިމް އެޕެއް ފޯނަކަށް ނޭޅޭނެއެވެ. އެހެންކަމުން ފޯނު ހަދާފައިވަނީ ކޮން ޤައުމެއްގައި ވިއްކުމަށްކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް