Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޝިމާޒަށް ދިން ހަމަލާ، ނަހުލާއާ ގުޅުވުން ބަލައެެއް ނުގަނެވޭ: ޖޭޕީ

ޝިމާޒަށް ދިން ހަމަލާ، ނަހުލާއާ ގުޅުވުން ބަލައެެއް ނުގަނެވޭ: ޖޭޕީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީ އަށް ބަޔަކު ހަމަލާ ދިނުމުގައި މިނިސްޓަރު ނަހުލާގެ ބައިވެރިވުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްްއާރްއެމަށް ނިސްބަތްވެވަޑައިގަންނަވާ ޝިމާޒު، ޤަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ރަޖިސްޓްރީ ކޮށްދެއްވި ކަމުގެ ތުހުމަތު ކުރައްވައި، އޭނާ މަޤާމުން ވަކިކޮށް ދޭން ނަހުލާ އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ޝިމާޒް ވިދާޅުވަމުން ގެންދަވަނީ އޭނަގެ މައްޗަށް ކުރަނީ ދޮގު ތުހުމަތަކެއް ކަމަށެވެ.

ޝިމާޒަށް ހަމަލާ ދިނުމާއި، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅުމެއް އޮތްކަމަށް ބުނެ އަޑުތައް ފަތުރަމުން އަންނައިރު، މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙު ވިދާޅުވީ ޝިމާޒަށް ބަޔަކު ހަމަލާއެއް ދީފައިވާ ނަމަ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ކަމަކީ މިނިސްޓަރު ނަހުލާ ކުރައްވާ ކަމެއް ކަމަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޖޭޕީން ފާހަގަކުރެއްވިއެވެ،

ޢަލީ ޞާލިޙު ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް ކަމެއްގައި މިނިސްޓަރު ނަހުލާގެ ބައިވެރިވުމެއް ނޯންނާނެއެވެ.

އަދި ޖޭޕީގެ ލީޑަރު ޤާސިމްގެ އިބްރާހީމްގެ އަނބިކަނބަލުންނަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ހިތްވަރު ވެސް ދެއްވާނެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެމްއާރްއެމަށް ނިސްބަތްވާ ޝިމާޒަށް ބަޔަކު ހަމަލާ ދީފައި ވަނީ އޭނާގެ ސައިކަލަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގެއްލުން ދިނުމަށް ފަހު، އާއިލާ އަށް ބަޔަކު ގުޅައި އިންޒާރު ދެމުންދިޔަ މައްސަލަ ފުލުުހުންނަށްވެސް ހުށަހަޅާފައި ވަނިކޮށެެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް