Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ވޯލްޑްކަޕް ބެލުމަށް ހުޅުމާލޭގައި ދެ ބޮޑު ސްކްރީން!

ވޯލްޑްކަޕް ބެލުމަށް ހުޅުމާލޭގައި ދެ ބޮޑު ސްކްރީން!

މާދަމާ ފެށުމަށް ހަމަޖެހިފައިވާ، މިއަހަރުގެ ވޯލްޑް ކަޕް ބޮޑު ސްކްރީންގައި ބެލުމުގެ އިންތިޒާމު ހުޅުމާލޭ ދެ ސަރަހައްދެއްގައި ހަމަޖައްސައިފިއެވެ.

މި އިންތިޒާމް ހަމަޖައްސަވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިންނެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ބަހައްޓާ މި ސްކްރީންތަކަކީ މާލޭ ސަރަހައްދުގައި ބެހެއްޓޭ އެންމެ ބޮޑު ސްކްރީންތައް ކަމަށެވެ. މި ދެ ސްކްރީން ބަހައްޓަނީ ހުޅުމާލޭ ސިންތެޓިކް ސަރަހައްދުގައި އަދި ހިޔާ ސަރަހައްދުގަ އެވެ. އެޗްޑީސީން މި ހަރަކާތް ކުރިއަށް ގެންދަނީ "ބޯޅަ ފޯރީ" ގެ ނަމުގައެވެ.

Advertisement
Allied — Dhen Online (box)

އސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދީފައި ވަނީ ސްޓެލްކޯއިންނެވެ. މީގެ އިތުރުން ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގައި ތިންކް އަދި ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ކޮކާކޯލާ އިން ބައިވެރިވާ ކަމަށާއި ސަޕޯޓިންގް ޕާޓްނަރެއްގެ ގޮތުގައި ވެލިގާއިން ބައިވެރިވާ ކަމަށް އެޗްޑީސީން  ވިދާޅުވިއެވެ.

ވޯލްޑް ކަޕަކީ ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު ފުޓުބޯޅަ ޢީދަށް ވުމުން މިކަން ކުރަން އެޗްޑީސީން ނިންމީ އެކުވެރި މާހައުލެއްގައި ފުޓުބޯޅައިގެ ޢީދުގައި ބައިވެރިވެ، ފޯރި ނަގަމުން މިމުބާރާތް ބެލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމަށް އެ ކުންފުނިން ވިދާޅުވެއެެވެ. އަދި އެޗްޑީސީން އަބަދު ވެސް ބަލަނީ ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިންމު ކަންކަމަށް މަގުފަހިކޮށް ދެވޭތޯ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން އަންނަނީ އިންތިޒާމު ކުރަމުންނެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް