ޚަބަރު

ބަޖެޓްގެ ބޭރުން ކުރި ޚަރަދުގެ ތަފްސީލް ހާމަކުރަން ފާސް ނުވުމުން ހަސަންގެ ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު ހަސަން ލަތީފް

މި ހިނގާ 2022 ވަނަ އަހަރު ބަޖެޓްގެ ބޭރުން ކުރި ޚަރަދުގެ ތަފްސީލް ހާމަކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހެޅުމުން، އެކަން ފާސް ނުވުމުން، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން 5.8 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އެ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ވަނީ ނިންމާފައެވެ.

ރޭ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މި ތަފްސީލް ހޯދަން ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)އެވެ. ނަމަވެސް އެ ހުށަހެޅުމަށް ކޮމިޓީގައި ލިބުނީ އެންމެ ހަތަރު ވޯޓެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސްކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ.

މިކަމަށް އިޝާރާތް ކުރައްވާ މިއަދު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެގޮތަށް ކަންތައް ކުރެއްވުމުން އެމްޑީޕީއަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"މިއީ ވަރަށް ދެރަ ކަމެއް. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސް އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް. އެހެން ނުހައްދަވާ. އެތަފްސީލް ދެއްވާ. އެމްޑީޕީގެ ގެ އިތުބާރު ގެއްލުވާނުލައްވާ." ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Ads by HDC
  1. ރާކަނިމޫސް

    ޒީރޯޓަލެރެންސްް ވީމާާ ވާހަކަދައްކާންނުޖެހޭނެެ ބޭނުންގޮތަކައްް ކަންތައްކުރެވޭނެެ