ޚަބަރު ސިޔާސީ

ކޯލިޝަން ޕާޓްނަރުންނާއެކު އޮތް އެއްބަސްވުމަކީ އެމްޑީޕީގެ އިތުބާރު ގެއްލުވައިލުން: ޝިފާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު--

ކޯލިޝަން ޕާޓްނަރުންނާއެކު ވެފައި އޮތް އެއްބަސްވުމަކީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ފުނޑާލައި ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވައިލުން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މި އަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ޚަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތަފްސީލު ހޯދަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރަން ނުފެންނަކަމަށް ބަޖެޓް ކޮމިޓީން ނިންމެވުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ އެމްޑީޕީގެ އިތުބާރު ގެއްލުވައި ނުލުމަށް ގޮވައިލައްވާފައެވެ.

އެކަމާ ގުޅުވައި، ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށެވެ.

އެއީ ކޯލިޝަން ޕާޓްނަރުން ބޭނުންވި ގޮތް ކަމަށާއި ކޯލިޝަން ޕާޓްނަރުންނާ ދެމެދު އޮތް އެގްރިމަންޓަކީ އެމްޑީޕީ ފުނޑާލައި އެ ޕާޓީގެ ދުވަސް ދުއްވައިލުން ކަމަށާއި ޕާޓީއަށް އޮތް އިތުބާރު ގެއްލުވައިލުން ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ޝިފާ މިހެން ވިދާޅުވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވާ ގޮތުން އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު އެބައޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!