Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޮކްސާތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް

ބޮކްސާތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް

ބޮކްސާ ތެރެއަށް ލައިގެން އައްޑޫ ސިޓީއަށް މަސްތުވާތަކެރި އެތެރެ ކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ / ފަރުހާނާ މަންޒިލް، ޝަމްއޫން މުޙައްމަދުގެ މައްޗަށެވެ. އޭނާއަށް ކުރާ ދަޢުވާގައި ބުނެފައިވަނީ ޖެނުއަރީ 14، 2020ވަނަ ދުވަހު 15:44ހާއިރު މޯލްޑިވިއަން ފަލައިޓަކުން މާލެއިން ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޭނާ ދަތުރުކުރި ފްލައިޓް އައްޑޫގައި ޖެއްސުމުން އެއާޕޯޓް ޓާމިނަލުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ހިފެހެއްޓުމާއެކު މަސްތުވާތަކެތި ހުރި ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވެއެވެ. އަދި ބޮކްސާ ތެރޭގައި އިންސްލޭޝަން ޓޭޕް އަޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއް ނަގައި ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އިބްތިދާއީ އަޑުއެހުމުގައި ޝަމްއޫން ވަނީ އޭނާއަށް ކުރާ ދަޢުވާ އިންކާރުކޮށްފައެވެ. އަދި ެއެއާޕޯޓުން ހައްޔަރުކުރީ އެއްވެސް ކޯޓު އަމުރެއް ނެތި ކަމަށް ބުނެފައެވެ.

ނަމަވެސް ދަޢުލަތުން ވަނީ ހުށަހަޅާފައިވާ ހެކިތަކުގައި މައްޗަށއ ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި އުމުރަށް ޖަލަށް ލުމާއެކި 100،00 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް