ރޮނާލްޑޯ އެންމެ ފަހުން ލީ ޖޯޒީ ހަތް ލައްކައަށް ވިއްކާލައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުން ކްލަބަށް ކުޅުނު މެޗުގައި ލައިގެން ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯޒީ ނީލަމުގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ.
ރެޑް ޑެވިލްސް އިން މި މަހު ކުރީކޮޅު އެސްޓަން ވިލާއާ ދެކޮޅަށް ލައިގެން ހުރި ވައިޓް އަވޭ ޖާޒީ ޗައިނާގެ ނަން ހާމަނުކުރާ ފަރާތަކުން 39،000 ޕައުންޑަށް (714,718 ރުފިޔާ) ވުރެ ބޮޑު އަގަކަށް ގަނެފިއެވެ.
މި ޖޯޒީައަކީ ޕޯޗުގަލްގެ ފޯވާޑް، މެންޗެސްޓާ ޔުނައިޓެޑްގެ ޖޯޒީގައި ކުޅޭ އެންމެ ފަހުގެ މެޗަށް ވެދާނެއެވެ.
ދާދި ފަހުން ޕިއަރސް މޯގަންއަށް ދިން އިންޓަވިއުއެއްގެ ސަބަބުން އުމުރުން 37 އަހަރުގެ ރޮނާލްޑޯއާއި ކްލަބާއި ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. ޔުނައިޓެޑުން ބުނެފައި ވަނީ އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން "ރަނގަޅު ފިޔަވަޅެއް" އަޅާނެ ކަމަށެެވެ.
އެހެންކަމުން ރޮނާލްޑޯ އެ ކްލަބަށް އެނބުރި އައިތާ 18 މަސް ނުވަނީސް އެ ކްލަބުން ވަކިވުމުގެ ފުުރުސަތު ބޮޑެވެ.