Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ލަންކާ ސަފީރަކަށް ޢަލީ ފާއިޒު ހަމަޖެއްސެވުމަށް ކޮމިޓީއަށް

ލަންކާ ސަފީރަކަށް ޢަލީ ފާއިޒު ހަމަޖެއްސެވުމަށް ކޮމިޓީއަށް

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މ.މަނާގެ, ޢަލީ ފާއިޒު ހަމަޖެއްސެވުމާއި ގުޅޭ ގޮތުން ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ވަނީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޢަލީ ފާއިޒު ހަމަޖެއްސެވުމަށްޓަކާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވާފައިވާ ސިޓީ އިއްވަވައިފައެވެ.

ރައީސްގެ ސިޓީ އިއްވަވައި ނިންމެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަން ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވިކަމަށް ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

ޢަލީ ފާއިޒަކީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެކުރިން އޭނާ ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް