ޚަބަރު ސިޔާސީ

އަސާސީ ކަންކަމަށް ފައިސާ ހުރި މިންވަރު ސާފުކޮށްދޭން އީވާ އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ފައިސާ ހުރި މިންވަރު ސާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ފިނޭންސް މިިނިސްޓަރު އަރިހުން އެދިލައްވައިފިއެވެ.

Ads by MWSC

އީވާ މިފަދައިން ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކަ އެކި ފަރާތްތަކުން ދައްކަނީ އެކި ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށި ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް ސަރުކާރު ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ކޮވިޑާއެކު ރާއްޖެ ކުރިމަތިލީ މިއަދު މި ތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ ކަމަށާއި ނަމަވެސް ކޮވިޑުން އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގުތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން އީވާ ވިދާޅުވީ މިނިސްޓަރު އަމީރު ވެސް ދައްކަވަނީ ސިޔާސީ ވާހަކަ ތަކެއް ކަމަށެވެ.

“"ވަޒީރުވެސް އަދިވެސް ހަމަ ވާހަކަ. އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ހުރި މިންވަރު ސާފުކޮށް ދެއްވާ. ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުން ތެދަށް ސާފުކޮށް ދެއްވީމަ. މަނިކުފާނުގެ ސިޔާސީ ވާހަކަތަކަކުން ނޫން،" އިވާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!