Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރެސިޕީ

ދެން ރެސިޕީ: ރޯދަ މަހުގެ ފުރަތަމަ ދުވަހު ތަފާތު ފޮނި އެއްޗަކަށް ކުލޫރާކިއާ

ދެން ރެސިޕީ: ރޯދަ މަހުގެ ފުރަތަމަ ދުވަހު ތަފާތު ފޮނި އެއްޗަކަށް ކުލޫރާކިއާ
ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ އަނެއްކާ ވެސް ބައްދަލުކުރުމާއެކު، ގިނަ ރޯދަ ވީއްލުމަށް ތައްޔާރުކުރާނީ ކޯއްޗެއްތޯ އެއީ ކޮންމެ މީހެއް އަދި ވަކިން ހާއްސަކޮށް އަންހެންވެރިންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހު "ދެން ރެސިޕީ" ގައި މި ހިމަނާލަނީ ވަރަށް ތަފާތު ފޮނި އެއްޗެއްގެ ރެސިޕީއެވެ. "ކުލޫރާކިއާ" އަކީ ގްރީކް ކާނާއެކެވެ. މިއަށް ގްރީކް އެގް ބިސްކަޓްސް އޭ ވެސް ކިޔައި އުޅެއެވެ. ކުލޫރާކިއާގެ އެންމެ ހާއްސަ ކަމަކީ މީގެ ފޮނި ރަހަ ކައްކާ މީހާ ބޭނުން ވަރަކަށް ބަހައްޓާލެވޭތީއެވެ. އަދި މަދު އަދި ފަސޭހައިން ލިބެން ހުންނަ ބާވަތްތަކަކުން ތައްޔާރު ކޮށްލެވޭތީއެވެ. ފޮނި މަޑުކޮށް ވެސް އަދި ފޮނި ގަދަކޮށް ވެސް ކުލޫރާކިއާ މީރު ވާނެއެވެ. ބޭނުންވާ ތަކެތި:
  • ½ ޖޯޑު ބަޓަރު ( ދިޔާކޮށްފައި)
  • ½ ޖޯޑު ހަކުރު
  • 3 ބިސް
  • 1/4 ޖޯޑު ފުލް ކްރީމް
  • ¼2 ޖޯޑު ފުށް
  • 1 ސައިސަމްސާ ބޭކިން ޕައުޑަރު
  • ¼ ލޮނު
  • 3 މޭޒުމަތީ ސަމްސާ ސެސަމޭ ސީޑްސް
ތައްޔާރުކޮށްލާނެ ގޮތް: އެންމެ ފުރަތަމަ 350 ޑިގްރީއަށް އަވަން ޕްރިހީޓް ކޮށްލާށެވެ. ބޮޑު ބޯ ތަށްޓެއްގައި ބަޓަރާއި، ހަކުރު ރަނގަޅަށް ކްރީމް ވަންދެން ގިރާށެވެ. މިކަމަށް ބޭނުން ނަމަ އިލެކްޓްރިކް މިކްސަރެއް ވެސް ބޭނުން ކުރެވިދާނެއެވެ. ހަކުރާ ބިސް ރަނގަޅަށް އެކުވުމުން އޭގެ ތެރެއަށް 3 މޭޒުމަތީ ސަމްސާ ކްރީމް އަޅާށެވެ. އެހެން ބޯތަށްޓެއްގައި ފުށާއި، ބޭކިން ޕައުޑަރާއި ހަކުރު އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ބަޓަރާއި ހަކުރު މިކްސް އަޅައި ރަނގަޅަށް މޮޑެލާށެވެ. ފުށްގަނޑު ރަނގަޅަށް މޮޑުވުމުން 1 އިންޗި ވަރުގެ ކުދި ގުޅަ ހެދުމަށް ފަހު ކޮންމެ ގުޅައެއް ދިގު ކޮށް ރޯލް ކޮށްލާށެވެ. އެއަށްފަހު ރޯލް ކޮށްލާފައި އޮތް ފުށްގަނޑު ދެކޮޅުން ގެނެސް ގުޅުވާލާށެވެ. ބޭނުންނަމަ ވަށްކޮށް ވެސް އުޅާލެވިދާނެއެވެ. ކުކީސް ރަނގަޅަށް ޝޭޕްކޮށް ނިމުމުން ބާކީ ހުރި ބިހުގެ ރީނދޫބަޔާއި ކްރީމްކޮޅު އެއްކޮށްލުމަށް ފަހު ކުކީސްކޮޅުގެ މަތީގައި ރަނގަޅަށް ހާކާލާށެވެ. އެއަށް ފަހު ސެސަމޭ ސީޑްކޮޅު މައްޗަށް ބުރުވާލުމުން އެހެރީ ފިހަން ތައްޔާރުވެފައެވެ. މި ކުކީސް ފިހާނީ 15 މިނެޓު ވަންދެން ނުވަތަ މަޑު މުށި ކުލަ އަރަންދެނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް