ފުޓްބޯޅަ

ސައުދީގައި ވޯލްޑްކަޕް ބާއްވާނަމަ އިސްލާމީ އުސޫލުތަކަށް އިޙްތިރާމް ކުރަން ޖެހޭނެ: ސްޕޯޓްސް މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕެއް ބާއްވައިފި ނަމަ ފީފާއިން ރާ ވިއްކަން މަޖުބޫރު ކުރުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށާއި އެކަން އެހެންވިޔަ ނުދޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

2030 ވަނަ އަހަރު ގްރީސް އާއި މިސްރު ގުޅިގެން އެ ޤައުމުގައި މި މުބާރާތަށް ސައޫދީން މަސައްކަތް ކުރަމުން އަންނައިރު، ބައެއް ހުޅަނގުގެ ޤައުމުތަކުން އަންނަނީ އެކަމަށް ހުރަސްއަޅަމުންނެވެ. އެންމެ ބޮޑަށް ހުޅަނގުން ދައްކަމުން އަންނަ ވާހަކައަކީ ގަަތަރުގެ ސްޓޭޑިއަމްތަކުގައި ބަނގުރާ ނުވިއްކޭ ގޮތަށް އޮތް އުސޫލެވެ.

ދޯހާގެ ފޭން ވިލެޖްތަކުގައި ރާ ލިބެން ހުރި ނަމަވެސް، ސްޓޭޑިއަމްތަކަށް ރާ އެތެރެކުރުން މަނާކޮށް، ގަތަރުން ވަނީ ފަހު ވަގުތުގައި ބޮޑު ނިންމުމެއް ނިންމާފައެވެ. އެ ނިންމުމަށް މުސްލިމް ޤައުމުތަކުގެ ތައުރީފް ވަނީ ލިބިފައެވެ. އޭގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކުރުމާއި، އިސްލާމް ދީނާ ޚިލާފު އަމަލުތައް ހިންގުން ދޯހާގައި މިހާރު ހިނގަމުން އަންނަ ވޯލްޑްކަޕްގައި މަނަލެވެ.

"އަހަރެމެންގެ ޘަޤާފަތާއި ދީނަށް އިޙްތިރާމް ނުކުރެވޭނަމަ، އަހަރެމެންގެ ޤައުމަށް ނާދޭ" ސްޕޯޓްސް މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާ ކުރާނެތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ، އަބަދު ވެސް މުހިންމީ އިސްލާމީ ކިޔަވައިދިނުން ކަމަށެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ސައުދީން މަރުޙަބާ ކިޔާނެ ކަމަށާއި، ހަމައެކަނި ހުރަހަކީ އެ މީހަކު ޤަބޫލު ކުރާ ގޮތް ޕްރޮމޯޓް ކުރަން އުޅުން ކަމަށެވެ. އަދި ދެޖިންސުގެ މީހުންވެސް ގާ ގޯޅިވުން މަނާކަން ފާހަގަކޮށް، އެފަދަ ކަންކަން ސައުދީގައި ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. 2030 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ބިޑަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

Ads by Ooredoo
  1. ނާޅި

    ވޯލްޑް ކަޕަކީވެސް އިސްލާމް ދީނާއި ހަގުރާމަ ކުރަން ޔަހޫދީން ގެންގުޅޭ ހަތިޔާރެއްގެ މިޔަ ތޫނު ކޮށްފައިވާ ކުޅިވަރެއް، ކުޅިވަރުގެ ރޫހާއި ހިލާފަށް އެކިއެކި ފާހިޝް ކަންތަކާއި އެކި އެކި ޝިޢާރު އަޅުވައިގެން ކަންކަން އިޝްތިހާރުކޮށް ޕުރަމޯޓް ކުރަން އުޅޭބަޔަކުވެސް އެބައުޅޭ !