Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާގިނައިން ސުޕާރީ ކަމުން ދިޔަ އަންހެން ކުއްޖަކަށް ދިމާވި ބޮޑު ނުރައްކާ!

މާގިނައިން ސުޕާރީ ކަމުން ދިޔަ އަންހެން ކުއްޖަކަށް ދިމާވި ބޮޑު ނުރައްކާ!

ދުފުމާއި ސުޕާރީ ކެއުމަކީ ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދައެކެވެ. ވަކިން ހާއްސަކޮށް، ސުޕާރީ ކެއުމަށް ލޯބިކުރާ މީހުން ވަރަށް ގިނައެވެ.

މާގިނައިން ސުޕާރީ ކައި އުޅުނު އަންހެން ކުއްޖަކަށް ދިމާވި ވަރަށް ސީރިއަސް މައްސަލައެއް، އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ފިޒިޝަން ޑރ.މުޙައްމަދު އިސްމާއީލް މިވަނީ ހިއްސާ ކުރައްވައިފައެވެ.

ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިގެން، އެ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން އެނގުނީ، ފުއްޕާމޭގެ ކަނާތް ފަރާތުގައި ސުޕާރީ ފުކެއް ތާށިވެފައި އިން ކަމެވެ. ޑރ.މުޙައްމަދު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކުއްޖާގެ ފުއްޕާމެއިން ސުޕާރީ ފުށް ފެނުމުން، ލިބުނީ ސިހުމެއް ކަމަށާއި، އެ ކުއްޖާއާ ސުވާލު ކުރުމުން، އެއީ ވަރަށް ގިނައިން ސުޕާރީ ކައި އުޅުނު ކުއްޖެއްކަން އެނގުނު ކަމަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/drmodismail/status/1596187778735575041

އެ ކުއްޖާގެ ފުއްޕާމެއިން ސުޕާރީ ފުއް ފެނުނީ ބުރޯންކޮސްކުޕީ ހަދައިގެންނެވެ. މިއީ ފުއްޕާމޭގައި މައްސަލައެއް ހުރިތޯ ބެލުމަށް ހޮޅި ލައްވައިގެން ހަދާ ޓެސްޓެކެވެ.

މި ހާދިސާއިންވެސް އެނގިގެން މި ދިޔައީ ސުޕާރީ ފުކެއްގެ ސަބަބުންވެސް ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިދާނެ ކަމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް